Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
47 ދުވަސް ކުރިން - 18 މެއި 2026 14:36
ވިއްސާރަވެ މާލެ ފެންބޮޑުވެފައި. / ފޮޓޯ: ޚުލާސާ
ވިއްސާރަވެ މާލެ ފެންބޮޑުވެފައި. / ފޮޓޯ: ޚުލާސާ
ޚުލާސާ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށް ކަމަށް މެޓުން ފާހަގަކުރި.

މިއަދު ރާއްޖޭގެ އުތުރާއި މެދުރާއްޖެ ތެރޭގެ ސަރަހައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

މެޓުން ބުނީ، ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓުން ބުނިގޮތުގައި، މިއަދު ދެކުނުގެ ރަށްތަކަށް މޫސުން ރަނގަޅުވި ނަމަވެސް، އެ ސަރަހައްދުތަކަށް ކުޑަކޮށް ކެރީގެ އަސަރުކުރުން އެކަށީގެންވެއެވެ. ވައިގެ ބާރުމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

Advertisement

Advertisement 1

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގަ އެވެ. ނަމަވެސް އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދުތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓުން ފާހަގަކުރި އެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ވާރޭވެހިފައިވަނީ އދ. މާމިގިއްޔަށެވެ. އެ ރަށަށް 29.0 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ވައިގަދަވެ ވިއްސާރަ ކުރާނެ ދުވަސްވަރަކަށް ވާތީ، މޫސުމީ ގޮތުން ކުރިމަތިވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފަ އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)ވިއްސާރަ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

13 ގަޑިއިރު ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

29 ދުވަސް ކުރިން - 12:25

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

ޗައިނާގައި ފެންބޮޑުވެ ގިނަބަޔކު މަރުވެ، ގެއްލިއްޖެ

45 ދުވަސް ކުރިން - 10:29

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

53 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

53 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

55 ދުވަސް ކުރިން - 18:09