އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓާމާގެ ލޭބާ ޕާޓީގެ ތެރޭގައި މަސްލަހަތު ގޯސްވެ، ހެލްތު މިނިސްޓަރު، ވެސް ސްޓްރީޓިންގ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާގެ ސިޓީގައި ސްޓްރީޓިންގ ވިދާޅުވީ އިންތިޚާބުގެ ނަތީޖާ ދަށްވުމާއި އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވުމުން ލޭބަރ ޕާޓީއަށް "އާ ލީޑަޝިޕެއް" ބޭނުންވާ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔޫކޭގެ ސަރުކާރުގައި އެއްވެސް މިސްރާބެއް ނެތް ކަމަށާއި އެފަދަ ކެބިނެޓެއްގައި ހުރުމަކީ ރައްޔިތުންގެ އިހްތިރާމް ގެއްލޭ ކަމެއް ކަމަށް ސްޓްރީޓިންގ ވިދާޅުވެފައި ވެއެވެ.
ހެލްތުގެ މަގާމުގައި ހުންނެވި ދުވަސްވަރު ސްޓްރީޓިންގ ވަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ރަނގަޅު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެތެރޭގައި އެންއެޗްއެސްގެ ވެއިޓިން ލިސްޓް މަދުކޮށް، އެމްބިއުލާންސް ރެސްޕޮންސް ޓައިމް ރަނގަޅުކޮށް، ހޮސްޕިޓަލްތަކުގައި ރިކްރޫޓް ކުރުން ފުޅާކޮށް، ސިއްހީ ދާއިރާގައި އުފެއްދުންތެރިކަން އިތުރުކޮށްދިނުން ހިމެނެއެވެ.










