Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އަބުރު ކަތިލުމަށް ދޮގު ހަދައިގެން ކިތަންމެ ގިނަ ޑޮކިއުމަންޓްރީއެއް ހެދިޔަސް މައްސަލައެއް ނެތް: ރައީސް

އަބުރު ކަތިލުމަށް ދޮގު ހަދައިގެން ކިތަންމެ ގިނަ ޑޮކިއުމަންޓްރީއެއް ހެދިޔަސް މައްސަލައެއް ނެތް: ރައީސް

ހުސައިން އިސްމާއިލް
61 ދުވަސް ކުރިން - 14 މެއި 2026 22:59
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޕީއެންސީން މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

މީހަކާ ބެހޭގޮތުން ދޮގު ވާހަކަ ފެތުރުމުން އެކަމަށް ކެތްތެރިވުމަކީ ބޮޑު ސަވާބެއް ލިބޭނެ ކަމެއްކަން ރައީސް ފާހަގަކުރެއްވި.

އަބުރު ކަތިލުމުގެ މަގްސަދުގައި ދޮގު ވާހަކަތައް ހިމަނައިގެން ކިތަންމެ ގިނަ ޑޮކިއުމަންޓްރީތަކެއް އުފެއްދި ނަމަވެސް އެކަމުގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނާ ބެހޭގޮތުން މިހާ ގިނަ ދޮގު ވާހަކަތައް ދައްކައި އަބުރު ކަތިލަމުންދާއިރު، އެހާ ހަމަޖެހިގެން މަޑުމަޑުން ހުންނަވަނީ ކިހިނެއްތޯ ބައެއް ޒުވާނުން ސުވާލުކުރި ކަމަށެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ހަމަޖެހުމުގެ ސިއްރަކީ ދެ ކަމެއް ކަމަށެވެ. އެއީ އަމިއްލަ ނަފްސަށް އޮތް އިތުބާރާއި، ނަމާދުކޮށް ދުއާކުރުމާއި އަޅުކަމުގައި ދެމިހުރުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"އަޅުގަނޑު ކުރާ ކަންކަމާއި އުޅޭ ގޮތް އަޅުގަނޑަށް އެނގޭ. އެކަންކަމާ މެދު އަމިއްލަފުޅަށް އުފާކުރަން،" ރައީސް ވިދާޅުވިއެވެ.

ދީނީ ގޮތުން ބެލި ނަމަވެސް، މީހަކާ ބެހޭގޮތުން ދޮގު ވާހަކަ ފެތުރުމުން އެކަމަށް ކެތްތެރިވުމަކީ ބޮޑު ސަވާބެއް ލިބޭނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންކަމުން، އެމަނިކުފާނުގެ އަބުރު ކަތިލުމުގައި އިދިކޮޅު ފަރާތްތަކުން ދެމިތިބުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ތެދު ހަދައިގެން އެމަނިކުފާނުގެ އަބުރު ކަތިލެވޭ ފަދަ އެއްވެސް ޑޮކިއުމަންޓްރީއެއް ނުހެދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ދޮގު ހަދައިގެން ނެރޭ ޑޮކިއުމަންޓްރީތަކުގެ ސަބަބުން އެމަނިކުފާނަށް ލިބޭނީ ހުސް ފައިދާ ކަމަށާއި، ދުނިޔެއާއި އާޚިރަތުގައި އެމަނިކުފާނަށް ސަވާބު ދެއްވަން ބޭނުންފުޅުވާނަމަ އިދިކޮޅުން ގިނަގިނައިން އެފަދަ ވީޑިއޯތައް ހެދުމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

21 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53