Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އެމްޑީޕީއަކީ "އަލްޓަނޭޓިވް ނެރޭޓިވް" ހޯދަން މަސައްކަތްކުރި ޕާޓީއެއް: ރައީސް

އެމްޑީޕީއަކީ "އަލްޓަނޭޓިވް ނެރޭޓިވް" ހޯދަން މަސައްކަތްކުރި ޕާޓީއެއް: ރައީސް

ހުސައިން އިސްމާއިލް
106 ދުވަސް ކުރިން - 14 މެއި 2026 22:26
ޕީއެންސީގެ ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޕީއެންސީގެ ޖަލްސާއެއްގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އިސްލާމްދީނުގެ މައިގަނޑު އަސާސްތަކާއި ގުރުއާނުގެ ބަދަލުގައި އެހެން ގޮތްތަކެއް ނުވަތަ 'އަލްޓަނޭޓިވް ނެރޭޓިވް' އެއް ހޯދަން މަސައްކަތް ކުރި ކަމަށް.

ކުރީގެ ސަރުކާރުތަކުން ގެންގުޅުނު ދީނީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކާއި ކީރިތި ގުރުއާނުގެ ބަދަލުގައި "އަލްޓަނޭޓިވް ނެރޭޓިވް" ނުވަތަ އެހެން ގޮތްތަކެއް ހޯދަން މަސައްކަތްކުރި ބައެއް ކަމަށެވެ.

ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ކުރީގެ ސަރުކާރުތަކުގެ ދީނީ ސިޔާސަތު އޮތް ގޮތް ހަނދާން ނެތޭހާ ދުވަސް އަދި ނުވާ ކަމަށެވެ. މިގޮތުން، އިސްލާމްދީނުގެ އަސާސީ ކަންކަމަށް ހަޖޫޖަހައި ނެރުނު އެމްޑީއެން ރިޕޯޓަކީ މީގެ ސާފު ހެއްކެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެ ރިޕޯޓު ޝާއިރުކުރިއިރު، އެކަމުގައި ބައިވެރިވި ފަރާތްތައް ތިބީ އޭރުގެ ދައުލަތުގެ އިސް މަގާމުތަކުގައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ސަރުކާރަކީ ވެސް މާޒީގެ ތެރެއަށް ފެތި ގެއްލިފައިވާ ދުވަސްތަކެއް ނޫން ކަމަށެވެ. އެ ސަރުކާރުގައި އައްޑޫ ސިޓީގައި ބުދު ބެހެއްޓުމާއި، ދީނާ ބީރައްޓެހި ކަންކަން ފާޅުކަން ބޮޑު ގޮތެއްގައި ހިންގާފައިވާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

Advertisement

Advertisement 1

"2023 ވަނަ އަހަރު އިސްލާމީ ދިފާއުގައި ދިވެހިން ނިކުންނަން ޖެހުނީ ކީއްވެގެންތޯ؟" ސުވާލު ކުރައްވަމުން ރައީސް ވިދާޅުވީ، އެއީ ރާއްޖޭގެ ތާރީޚުގައި ވެސް ދިވެހިން އެއް އަޑަކުން ދީނުގެ ހިމާޔަތުގައި ނިކުތް އެންމެ ވަރުގަދަ އެއްވުން ކަމަށެވެ. އަދި އެމްޑީޕީގެ ދެ ސަރުކާރަކީ ވެސް ދީނާ ދުރު ސިޔާސަތުތަކެއް ގެންގުޅުނު ދެ ސަރުކާރުކަން ރައްޔިތުން ގަބޫލުކުރާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން އިސްލާމްދީނުގެ މައިގަނޑު އަސާސްތަކާއި ގުރުއާނުގެ ބަދަލުގައި އެހެން ގޮތްތަކެއް ނުވަތަ 'އަލްޓަނޭޓިވް ނެރޭޓިވް' އެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، މި ސަރުކާރުން ކަންކަން ކުރާނީ އިސްލާމްދީނުގެ ހުދޫދުގެ ތެރެއިން، ދީނަށް ފުރިހަމަ ބާރުދީގެން ކަމަށެވެ.

ނިންމަވާލައްވަމުން ރައީސް ވަނީ، އަގީދާ ކިލަނބުކޮށްލަން މަސައްކަތްކުރި އެމްޑީއެން ރިޕޯޓުގެ ބައިވެރިން ތިބި ސަރުކާރެއް އަނބުރާ ގެންނަން ރައްޔިތުން ބޭނުންވާނެތޯ ސުވާލު ކުރައްވައި، އެފަދަ ދުވަސްތަކެއް ދިވެހިން ދެން ބޭނުންނުވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޕީއެންސީއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

6 ގަޑިއިރު ކުރިން - 15:20

ހިޔާލުތަފާތުވުން ބޮޑުވެ، 5 މަސް ނުވަނީސް "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

ހިޔާލުތަފާތުވުން ބޮޑުވެ، "ބޮޑުބަދަލު" ގްރޫޕުން ފައްޔާޒު ނުކުތް ޚަބަރުގެ ހަގީގަތަކީ ކޮބާ؟

11 ގަޑިއިރު ކުރިން - 10:23

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

13 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22