"ދުނިޔޭގެ އެންމެ ބާރުގަދަ މިސައިލް" ރަޝިއާ އިން ޓެސްޓް ކޮށްފި ކަމަށް ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެއެވެ
އާރުއެސް-28 ސާމާޓް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްގެ މި ކާމިޔާބު ޓެސްޓު ކޮށްފައިވަނީ ރަޝިޔާގެ ސްޓްރެޓެޖިކް ނިއުކްލިއާ މޮޑަނައިޒޭޝަން ޕްރޮގްރާމްގެ ތެރެއިން ޕްލެސެޓްސްކް ކޮސްމޮޑްރޯމް އިންނެވެ.
މި މިސައިލަކީ އެތައް ނިއުކްލިއާ ވޯހެޑްތަކެއް އުފުލައި، އެމެރިކާ އާއި ޔޫރަޕް ހިމެނޭ ގޮތަށް އެތައް ހާސް ކިލޯމީޓަރެއްގެ ދުރުމިނުގައި ހުންނަ އަމާޒުތަކަށް ހަމަލާދޭ މިސައިލެކެވެ.
ރަޝިޔާގެ އޮފިޝަލުން ބުނީ މިސައިލް 35،000 ކިލޯމީޓަރަށް ވުރެ ދުރަށް ދަތުރުކުރެވޭނެ ކަމަށާއި މިހާރު ހުރި ހުރިހާ މިސައިލް ޑިފެންސް ސިސްޓަމްތައް ބައިޕާސް ކުރެވޭނެ ކަމަށެވެ. 
ފާއިތުވި އަހަރުތަކުގައި މި މިސައިލް ޕްރޮގްރާމުގެ އެތައް ޓެސްޓްތަކެއް ނާކާމިޔާބު ވިއެވެ،









