Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ރެއާލް މެޑްރިޑުގެ ކޯޗަކަށް އަލުން މޮރީނިއޯ ގެނައުމުގެ ފަހުގެ މަޝްވަރާތައް ފަށައިފި

ހުސައިން އިސްމާއިލް
66 ދުވަސް ކުރިން - 13 މެއި 2026 08:32
ހޯސޭ މޮރީނިއޯ--
ހޯސޭ މޮރީނިއޯ--
ޚުލާސާ

މިވަގުތު މޮރީނިއޯ ކޯޗުކަން ކޮށްދެމުން އަންނަނީ ޕޯޗުގަލްގެ ބެނެފީކާއަށް. ބެނެފީކާއާއެކު ލީގުގައި އެއްވެސް މެޗަކުން ބަލިވެފައިނުވޭ.

ސްޕެއިންގެ ގަދަބާރު ރެއާލް މެޑްރިޑުގެ ކޯޗުގެ މަގާމާ ހަވާލުވުމަށް، މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯއާއެކު ފަހުގެ މަޝްވަރާތައް ފަށައިފިއެވެ. މިއީ މީގެ 13 އަހަރު ކުރިން އެ ކްލަބަށް ކޯޗުކޮށްދިން މޮރީނިއޯ އަލުން ބާސެލޯނާގެ ވާދަވެރި ރެއާލްއާ ގުޅޭ ފަހަރެވެ.

އުމުރުން 63 އަހަރުގެ މޮރީނިއޯ އަކީ މިވަގުތު ރެއާލްއިން މި މަގާމަށް ވާހަކަދައްކަމުންދާ ހަމައެކަނި ކޯޗެވެ. އޭނާ މި މަގާމަށް އަންނަނީ، މިދިޔަ ޖެނުއަރީ މަހު ޒަބީ އެލޮންސޯ ވަކިވުމުން ޓީމާ ހަވާލުވި އަލްވާރޯ އާބެލޯއާގެ ބަދަލުގައެވެ. ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، މޮރީނިއޯ އަލުން ގެނައުމުގެ ވިސްނުން ގެންގުޅުއްވަން ފެއްޓެވީ އެލޮންސޯ ކްލަބް ދޫކޮށް ދިޔަތާ ދެ ދުވަސް ފަހުންނެވެ.

މިވަގުތު ޕޯޗުގަލްގެ ބެންފީކާގެ ކޯޗަކަށް ހުރި މޮރީނިއޯ ބުނެފައިވަނީ، އޭނާގެ ކުރިމަގާ ބެހޭގޮތުން ވާހަކަދައްކާނީ އާދިއްތަ ދުވަހު ކުޅޭ ސީޒަނުގެ ފަހު މެޗަށްފަހު ކަމަށެވެ. މޮރީނިއޯގެ ކޮންޓްރެކްޓްގައިވާ ގޮތުން 3 މިލިއަން ޔޫރޯގެ ފީއެއް ދެއްކުމަށްފަހު އޭނާއަށް ބެންފީކާ ދޫކޮށްލުމުގެ ފުރުސަތު އޮންނާނެއެވެ.

Advertisement

Advertisement 1

މޮރީނިއޯ ވަނީ 2010 އިން 2013 އަށް ރެއާލް މެޑްރިޑަށް ކޯޗުކޮށްދީ، ލަ ލީގާ އާއި ކޮޕާ ޑެލް ރޭގެ އިތުރުން ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފައެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް، ރޯމާ އަދި ފެނަބާޗޭ ފަދަ ކްލަބްތަކަށް އިރުޝާދުދީ ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

މި ސީޒަނަކީ ރެއާލް މެޑްރިޑަށް ވަރަށް ނާކާމިޔާބު ސީޒަނެކެވެ. އެއްވެސް ތައްޓެއް ނުލިބި ސީޒަން ނިންމާލަން ޖެހިފައިވާއިރު، ލަ ލީގާ ކާމިޔާބުކުރީ ވާދަވެރި ބާސެލޯނާއެވެ. އަދި ޗެމްޕިއަންސް ލީގުން ކަޓާފައިވަނީ ކުއާޓާ ފައިނަލުގައި ބަޔާން މިއުނިކް އަތުން ބަލިވެގެންނެވެ.

ދަނޑުމަތީގެ ނަތީޖާތަކުގެ އިތުރުން، ރެއާލްގެ ޑްރެސިން ރޫމްގައިވެސް ވަނީ ބޮޑެތި މައްސަލަތަކެއް ޖެހިފައެވެ. އެގޮތުން ޗޫއަމެނީ އާއި ވަލްވާޑޭގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކްލަބުން ވަނީ އެ ދެ ކުޅުންތެރިން ޖުމްލަ 1 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. މީގެ އިތުރުން ކީލިއަން އެމްބާޕޭގެ އަމަލުތަކާ ގުޅިގެން ސަޕޯޓަރުންގެ ނުރުހުންވެސް ވަނީ އަމާޒުވެފައެވެ.

ރެއާލް މެޑްރިޑުން މޮރީނިއޯ ގެންނަން ބޭނުންވާ މައިގަނޑު ސަބަބަކީ، ބައިބައިވެފައިވާ ސްކޮޑެއްގެ ކޮންޓްރޯލް ހޯދައި، ކްލަބްގެ ހައިބަތާއި ވަރުގަދަކަން އަލުން އިއާދަކުރުމަށެވެ. މޮރީނިއޯ އަކީ މިފަދަ ހާލަތްތަކުގައި ޓީމުތައް ކޮޅަށް ޖެހުމަށް ކުޅަދާނަ، ތަޖުރިބާކާރު ލީޑަރެކެވެ.

މޮރީނިއޯރިއަލް މެޑްރިޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

ބާސެލޯނާގެ "ނެމެސިސް" އެނބުރި ރިއާލް މެޑްރިޑަށް

60 ދުވަސް ކުރިން - 14:50

އާބެލޯއާގެ އިރުޝާދުގެ ދަށުން އަހަންނަކީ ހަތަރުވަނަ ފޯވާޑް: އެމްބާޕޭ

އާބެލޯއާގެ ޕްލޭންގައި އަހަންނަކީ ހަތަރުވަނަ ފޯވާޑު: އެމްބާޕޭ

63 ދުވަސް ކުރިން - 16:16

ވެލްވާޑޭ އާއި ޗުއަމެނީ ދެމެދުގައި ހިނގި މާރާމާރީއެއްގައި ވެލްވާޑޭގެ ބޯ ފަޅާލައިފި

މާރާމާރީއެއްގައި ޗުއަމެނީ ވަލްވާޑޭގެ ބޯ ފަޅާލައިފި

70 ދުވަސް ކުރިން - 12:54

އެމްބާޕޭ ރެއަލް މެޑްރިޑުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި 44 މިލިއަން މީހުން ސޮއިކޮށްފި

އެމްބާޕޭ ރެއާލުން ބޭރުކުރަން ގޮވާލާ ޕެޓިޝަނެއް

70 ދުވަސް ކުރިން - 11:10

އެއްވެސް މެޗަކުން ބަލިނުވެ މޮރީނިއޯގެ ކޯޗުކަމުގައި ބެނެފީކާ ދެވަނައިގައި؛ ލީގު ލިބޭނެކަމުގެ ޔަގީންކަމެއް ނެތް

މޮރީނިއޯގެ ބެންފީކާ ދެވަނައިގައި ބަލިނުވެ 31 މެޗު

80 ދުވަސް ކުރިން - 09:06

ހިލޭ ލިބެން އޮތް ބެނާޑޯ ސިލްވާ އަށް ރިއަލް މެޑްރިޑުން ޝައުގުވެރިކަމެއް ނެތް

ރިއަލް މެޑްރިޑުން ބެނާޑޯ ސިލްވާއަށް ޝައުގުވެރިކަމެއް ނެތް

82 ދުވަސް ކުރިން - 22:11