Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ހަބަރާއި މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފް

ހަބަރާއި މައުލޫމާތުގެ ސައްހަކަން ދެމެހެއްޓުމަކީ އިގްތިސާދީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް: ޝަރީފް

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 12 މެއި 2026 15:21
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް---
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް---
ޚުލާސާ

ހަގީގަތާ ހިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު މުޅިމުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮންނަ ކަމަށްކަމަށް ޝަރީފް ވިދާޅުވި.

ޑިޖިޓަލް މާހައުލުގައި މައުލޫމާތު ފެތުރޭ ދުވެލި ހަލުވިވެފައިވާއިރު، ޚަބަރާއި މައުލޫމާތުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަކީ މާލީ ނިޒާމާއި މުޅި އިގްތިސާދުގެ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

"މޯލްޑިވްސް 2.0: ފްރޮމް ޓްރެޑިޝަން ޓު ޓެކް" މި ޝިއާރުގެ ދަށުން ވިލާނޯޓިކާގައި މިއަދު ފެށި އޭޝިއާ މީޑިއާ ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި މާލީ ދާއިރާއާއި މީޑިއާ ދާއިރާއަކީ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ދެ ދާއިރާކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، އާންމުންނާ ހަމައަށް ފޯރުކޮށްދެވޭ މައުލޫމާތުގެ ފެންވަރާއި ސައްހަކަމުގެ މައްޗަށް ބިނާކޮށް، މާލީ ނިޒާމަށް އޮންނަ އިތުބާރު ވަރުގަދަވުން ނުވަތަ އެ އިތުބާރަށް ލޮޅުން އެރުން ބިނާވެގެންވާ ކަމަށެވެ. އަދި މިއީ ހަމައެކަނި ކަސްޓަމަރުންނާއި ވިޔަފާރިތަކަށް މުހިންމު ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ގައުމުގެ އިގްތިސާދުގެ ބިންގާ ކަމަށްވާ ބައިނަލްއަގުވާމީ ގުޅުންތަކަށްވެސް އަސަރުކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"މީގެތެރޭގައި ކޮރެސްޕޮންޑެންޓް ބޭންކިންގ ގުޅުންތަކާއި، ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި، ތަރައްޤީއަށް މަސައްކަތްކުރާ އިދާރާތައް ހިމެނޭ،" ޝަރީފް ވިދާޅުވި އެވެ.

Advertisement

Advertisement 1

މީޑިއާގެ ދައުރަކީ ނުހަނު ބޮޑު މަސްއޫލިއްޔަތުތަކެއް އެކުލެވިގެންވާ ކަމެއްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ހަގީގަތާ ހިލާފު މައުލޫމާތާއި ކަށަވަރުނުކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން ބޭނުމެއްނެތް ނުތަނަވަސްކަން އުފެދި، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ފޯރުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އެހެންކަމުން ޚަބަރުތަކާއި މައުލޫމާތު ވަގުތުން އަދި ސައްހަކަމާއެކު ފެތުރުމަކީ އިތުބާރު ދެމެހެއްޓުމަށާއި ހަމަޖެހުން ގާއިމުކުރުމަށް މުހިންމު ކަމެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޓެކްނޮލޮޖީގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޯމޭޝަނަކީ ހަމައެކަނި ޓެކްނޮލޮޖީއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އޭގެ ހަގީގީ މަޤުސަދަކީ އެންމެން ބައިވެރިކުރުމާއި، ޚިދުމަތްތަކަށް ފަސޭހައިން ވާސިލުވެވޭނެ މަގު ފަހިކުރުމާއި، އިތުބާރު ގާއިމުކުރުން ކަމަށެވެ.

މީޑިއާއަކީ ޤައުމީ ފެންވަރުގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާއާއި މީޑިއާގެ ދާއިރާ ކުރިއެރުވުމަށް ބީއެމްއެލްއިން ވެދެމުންދާ މާލީ އެހީތެރިކަމާއި ސްޕޮންސަރޝިޕްތަކުގެ މައްޗަށްވެސް ޝަރީފް ވަނީ އަލިއަޅުވާލައްވާފަ އެވެ.

ބީއެމްއެލްމުހައްމަދު ޝަރީފު (ބީއެމްއެލް ސީއީއޯ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

ބޭންކް ފަންޑަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވަނީ

18 ދުވަސް ކުރިން - 10:07

ރާއްޖޭގެ އިގްތިސާދު އައު ހަރުފަތަކަށް: އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

އިގުތިސާދީ ކުރިއެރުމާއި ބީ.އެމް.އެލްގެ މާލީ ދުޅަހެޔޮކަން ފިޗުން ބަލައިގަނެފި

19 ދުވަސް ކުރިން - 09:09

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

ސަބްސްކްރިޕްޝަން ފީތައް ދެއްކުމުގައި ދަތިވާނަމަ ބޭންކަށް އެންގުމަށް ބީއެމްއެލްއިން އެދިއްޖެ

22 ދުވަސް ކުރިން - 04:34

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

މިމަހު ފަހުކޮޅު ބީއެމްއެލްއިން ޑޮލަރު ލިމިޓަށް ލުޔެއް ދޭނެ: ރައީސް

26 ދުވަސް ކުރިން - 13:39

ބީއެމްއެލް އިން އޭ.އައި.ސީ.ބީ އާ ގުޅިގެން 30 މުވައްޒަފުންނާއެކު ޗާޓަރޑް ބޭންކަރ ޕްރޮގްރާމް ފަށައިފި

ބީއެމްއެލްއިން ޗާޓާޑް ބޭންކާ ޕްރޮގްރާމް ފަށައިފި

44 ދުވަސް ކުރިން - 16:37

ބީއެމްއެލްއިން ފަތުރުވެރިކަމަށް ދޭ އެހީތެރިކަމަށް މަޓީގެ ޗެއާމަން އަފީފް ތައުރީފު ކުރައްވައިފި

ފަތުރުވެރިކަމަށް ބީއެމްއެލްއިން ދޭ އެހީތެރިކަމަށް އަފީފްގެ ތައުރީފު

50 ދުވަސް ކުރިން - 17:23