Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޑުއާ ލިޕާ ސެމްސަންގުގެ މައްޗަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފި

ޑުއާ ލިޕާ ސެމްސަންގުގެ މައްޗަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފި

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 11 މެއި 2026 21:21
ސެމްސަންގުން ޑުއާގެ ފޮޓޯ ބޭނުންކުރި ޓީވީ ފޮށި---
ސެމްސަންގުން ޑުއާގެ ފޮޓޯ ބޭނުންކުރި ޓީވީ ފޮށި---
ޚުލާސާ

މި މައްސަލައިގައި ކޮޕީރައިޓާއި، ޓްރޭޑްމާކްގެ ގާނޫނާ ހިލާފުވުމުގެ އިތުރުން، އޭނާގެ ސިފަ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުތައް ސެމްސަންގްގެ މައްޗަށް ވަނީ ކޮށްފައި.

ދުނިޔޭގެ މަގުބޫލު ލަވަކިޔުންތެރިޔާ ޑުއާ ލީޕާގެ ފޮޓޯއެއް، އޭނާގެ އެއްވެސް ހުއްދައެއް ނެތި އުފެއްދުންތަކެއްގެ ފޮށިގަނޑުގައި ބޭނުންކުރި މައްސަލައެއްގައި ސެމްސަންގް ކުންފުންޏާ ދެކޮޅަށް 15 މިލިއަން ޑޮލަރުގެ ބޮޑު ދައުވާއެއް އޭނާ ހުށަހަޅައިފި އެވެ.

މި މައްސަލަ އެމެރިކާގެ ކެލިފޯނިއާގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅީ މިދިޔަ ހުކުރު ދުވަހު އެވެ. ލީޕާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، އެމެރިކާގެ އެކި ކަންކޮޅުތަކުގައި ވިއްކަމުންދާ ސެމްސަންގް ޓީވީތަކުގެ ފޮށިތަކުގައި އޭނާގެ މޫނު ފެންނަ ފޮޓޯއެއް ބޭނުންކޮށްފައިވަނީ އޭނާގެ އެއްވެސް ރުހުމެއް ނުވަތަ ހުއްދައެއް ހޯދުމެއް ނެތި ކަމަށެވެ.

ލީޕާގެ ގާނޫނީ ވަކީލުން ބަޔާންކުރާ ގޮތުގައި، ސެމްސަންގުން މި ފޮޓޯ ބޭނުންކޮށްފައިވަނީ ލީޕާ ހޯދާފައިވާ ބޮޑު މަގުބޫލުކަމުގެ ނަހަމަ ފައިދާ ނަގައި، އެ ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށެވެ. މީގެ ސަބަބުން ކޮޕީރައިޓާއި ޓްރޭޑްމާކް ގާނޫނާ ސެމްސަންގުން ހިލާފުވެފައިވާ ކަމަށާއި، އޭނާގެ ސިފަ ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ދައުވާގައި ތުހުމަތުކޮށްފައިވެ އެވެ.

Advertisement

Advertisement 1

ދައުވާގައި ބުނާ ގޮތުން، މި މައްސަލައިގައި ހިމެނޭ ފޮޓޯއަކީ 2024 ވަނަ އަހަރު ބޭއްވި "އޮސްޓިން ސިޓީ ލިމިޓްސް ފެސްޓިވަލް" ގައި ލީޕާ ޕާފޯމްކުރި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. މި ފޮޓޯގެ ފުރިހަމަ ކޮޕީރައިޓް މިލްކުވެގެންވަނީ ވެސް ލީޕާއަށެވެ. އޭނާގެ ފޮޓޯ ޓީވީ ފޮށިތަކުގައި ބޭނުންކުރާކަން އޭނާއަށް އެނގުނީ 2025 ވަނަ އަހަރުގެ ޖޫން މަހު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ ޓީވީ ފޮށިތަކަށް "ޑުއާ ލީޕާ ޓީވީ ފޮށި" ކިޔަން ފެށުމުންނެވެ.

މި މައްސަލައިގެ ހެއްކެއްގެ ގޮތުގައި މީސް މީޑިއާގައި މީހުން ކޮށްފައިވާ ބައެއް ކޮމެންޓްތައް ވެސް ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރޭގައި ލީޕާގެ ފޮޓޯ ފޮށިގަނޑުގައި ހުރުމުން ޓީވީ ގަންނަން ބޭނުންވާ ކަމަށް ބުނެފައިވާ މީހުންގެ ޝުއޫރުތައް ހިމެނެ އެވެ. މިއީ ސެމްސަންގުން ލީޕާގެ ބޭނުން ވިޔަފާރި އިޝްތިހާރު ކުރުމަށް ހިފާފައިވާ ކަމުގެ ހެއްކެއް ކަމަށް ވަކީލުން ބުނެ އެވެ.

ލީޕާގެ ވަކީލުން އިތުރަށް ބުނެފައިވަނީ، އެ ފޮޓޯ ބޭނުންކުރުން ހުއްޓާލުމަށް ސެމްސަންގަށް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް އެ ކުންފުނިން އިޖާބަދީފައި ނުވާ ކަމަށެވެ. ލީޕާއަކީ މިހާރުވެސް ޕޫމާ، ވާސާޗޭ ފަދަ ބޮޑެތި ބްރޭންޑްތަކުގެ ރަސްމީ މޫނެވެ. މީގެ ކުރިން އޭނާ ވަނީ އެޕަލް އަދި ޕޯޝޭ ފަދަ ނުފޫޒުގަދަ ކުންފުނިތަކާއެކު ވެސް ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.

ހޮލީވުޑް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

20 ދުވަސް ކުރިން - 22:21

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

31 ދުވަސް ކުރިން - 21:57

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

31 ދުވަސް ކުރިން - 21:51

"މަނީ ހައިސްޓް"ގެ އިތުރު ސީޒަނެއް އަންނަނީތާ؟

"މަނީ ހައިސްޓް"ގެ އިތުރު ސީޒަނެއް އަންނަނީތާ؟

52 ދުވަސް ކުރިން - 23:17

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މައިކަލް" ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި

ފިލްމު "މައިކަލް" ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި

67 ދުވަސް ކުރިން - 23:07

ޒޭން މާލިކްގެ ފަސްވަނަ އަލްބަމް "ކޮނަކޮލް" ނެރެފި

ޒޭން މާލިކްގެ ފަސްވަނަ އަލްބަމް "ކޮނަކޮލް" ނެރެފި

74 ދުވަސް ކުރިން - 22:38