Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"މަނީ ހައިސްޓް"ގެ އިތުރު ސީޒަނެއް އަންނަނީތާ؟

"މަނީ ހައިސްޓް"ގެ އިތުރު ސީޒަނެއް އަންނަނީތާ؟

އައިޝަތު ރުވާ ރިފްޢަތު
52 ދުވަސް ކުރިން - 12 މެއި 2026 23:17
"މަނީ ހައިސްޓް"
"މަނީ ހައިސްޓް"
ޚުލާސާ

ނެޓްފްލިކްސް އިން މިކަން އިއުލާންކޮށްފައިވަނީ "ދަ ވޯލްޑް އޮފް މަނީ ހައިސްޓް ކޮންޓިނިއުސް" ގެ ނަމުގައި އާންމުކުރި ފޯރިގަދަ ޓީޒާއަކާ އެކުގައި.

މީގެ ފަސް އަހަރު ކުރިން ނިމުމަކަށް އައި ދުނިޔޭގެ މަޝްހޫރު ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ދުނިޔެ އިތުރަށް ފުޅާކޮށް، އާ މަސައްކަތްތަކެއް ފެށުމަށް ތައްޔާރުވަމުންދާކަން ނެޓްފްލިކްސް އިން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ނެޓްފްލިކްސް އިން މިކަން އިއުލާންކޮށްފައިވަނީ "ދަ ވޯލްޑް އޮފް މަނީ ހައިސްޓް ކޮންޓިނިއުސް" ގެ ނަމުގައި އާންމުކުރި ފޯރިގަދަ ޓީޒާއަކާ އެކުގަ އެވެ. މި ޓީޒާގައި ކުރީގެ ސީޒަންތަކުގައި ފެނިގެންދިޔަ ހިތްގައިމު ވައްކަންތަކުގެ މަންޒަރުތައް ހިމަނާފައިވާއިރު، ކުރިއަށް އޮތީ މިއަށްވުރެ މާ ބޮޑެތި އަދި ފޯރިގަދަ ކަންތައްތަކެއްކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ.

މި އިއުލާނާ ގުޅިގެން ނެޓްފްލިކްސް އިން ވަނީ ސްޕެއިންގެ ސެވިލްގައި ތަފާތު އަދި ފާހަގަކޮށްލެވޭ އިޝްތިހާރު ކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެ ސިޓީގެ ގުއަޑަލްކިވިރު ކޯރުގައި، ސީރީޒްގެ ރަމްޒެއް ކަމަށްވާ ރަތް ކުލައިގެ ޖަމްޕްސޫޓާއި "ޑާލީ" މާސްކް އަޅައިގެން ތިބި ބަޔަކު ބޯޓެއްގައި ދަތުރުކުރަނިކޮށް ފެނިފައިވެ އެވެ. އަދި އެ ސަރަހައްދުގައި ސީރީޒްގެ މަޝްހޫރު ލަވަ "ބެއްލާ ޗާއޯ" ޖަހައި، ފޭނުންގެ ސަމާލުކަން ވަނީ ހޯދާފަ އެވެ.

Advertisement

Advertisement 1

މި އިއުލާނާއެކު މީސް މީޑިއާގައި ފޭނުން އަންނަނީ ބޮޑު އުފާފާޅުކުރުމެއް ފާޅުކުރަމުންނެވެ. ނަމަވެސް، ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލަކީ، މިއީ "މަނީ ހައިސްޓް" ގެ ހަވަނަ ސީޒަންތޯ ނުވަތަ އިތުރު ސްޕިން-އޮފް ސީރީޒްއެއްތޯ އެވެ. މިކަމާ ގުޅޭގޮތުން ނެޓްފްލިކްސް އިން އަދި ސާފު ބަހެއް ބުނެފައެއް ނުވެ އެވެ.

މީގެ އިތުރުން، "މަނީ ހައިސްޓް" ގެ މަޝްހޫރު ކެރެކްޓާ ބާލިންއަށް ހާއްސަކޮށްގެން ތައްޔާރުކުރި ސްޕިން-އޮފް ސީރީޒް "ބާލިން" ގެ ދެވަނަ ސީޒަން ވެސް މި މަހުގެ 15 ވަނަ ދުވަހު ސްޓްރީމް ކުރަން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ހޮލީވުޑް
Ad
Ad

ގުޅޭ ޚަބަރުތައް

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި': އޭނާގެ ލަވަ ބޭނުންކުރުން މަނާކޮށްފި!

ޓްރަމްޕްގެ ސިޔާސަތުތަކަށް އަރިއާނާ ބުނީ 'ބާއި'!

20 ދުވަސް ކުރިން - 22:21

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

"އޮފް ކެމްޕަސް"ގެ ދެވަނަ ސީޒަނެއް އަންނަނީ

31 ދުވަސް ކުރިން - 21:57

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

ދުއާ ލިޕާ އާއި ކެލަމް ޓާނާ ކައިވެނިކޮށްފި

31 ދުވަސް ކުރިން - 21:51

ޑުއާ ލިޕާ ސެމްސަންގުގެ މައްޗަށް 15 މިލިއަން ޑޮލަރުގެ ދައުވާއެއް ކޮށްފި

ޑުއާ ލިޕާ ސެމްސަންގުގެ މައްޗަށް ދައުވާ ކޮށްފި

53 ދުވަސް ކުރިން - 21:21

މައިކަލް ޖެކްސަންގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "މައިކަލް" ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި

ފިލްމު "މައިކަލް" ބޮކްސް އޮފީހުގެ ރެކޯޑުތައް މުގުރާލައިފި

67 ދުވަސް ކުރިން - 23:07

ޒޭން މާލިކްގެ ފަސްވަނަ އަލްބަމް "ކޮނަކޮލް" ނެރެފި

ޒޭން މާލިކްގެ ފަސްވަނަ އަލްބަމް "ކޮނަކޮލް" ނެރެފި

74 ދުވަސް ކުރިން - 22:38

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%