ނޭޝަނަލް ޕޭކޮމިޝަނުން، ޕޭ ހަރމަނައިޒް ކުރިއިރު އެކި ސަބަބުތަކާހުރެ މުސާރައިގެ ކުރިއެރުން ލިބިފައިނުވާ ފަރާތްތަކަށް މިމަހު، މުސާރައިގެ ކުރިއެރުން ލިބިވަޑައިގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ޕޭހަރމަނައިޒް ކުރެވުނުއިރު، ހިއުމަން ރިސޯސަސް ދާއިރާއާއި ލީގަލް ދާއިރާގެ ބައެއް މުވައްޒަފުންނާއި، ކައުންސިލްތަކުގެ ބައެއް މަޤާމްތަކުގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ލިބިފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އެކަން މި މެއި މަހުން ފެށިގެން ހައްލުވެފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ޕޭކޮމިޝަނުން ވެސް ވަނީ އެ ޔަގީންކަން ދެއްވާފައެވެ.









