Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އާއިލާއާ ގާތުން ސިފައިންނަށް ވަޒީފާ އަދާކުރެވޭނެ އުސޫލެއް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

އާއިލާއާ ގާތުން ސިފައިންނަށް ވަޒީފާ އަދާކުރެވޭނެ އުސޫލެއް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ހުސައިން އިސްމާއިލް
66 ދުވަސް ކުރިން - 9 މެއި 2026 23:34
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސިފައިންގެ އާއިލާތައް ގާއިމްވެފައިވާ ރަށް ނުވަތަ އަތޮޅަށް ރިއާޔަތްކޮށް، އެ ސަރަހައްދަކާ އެންމެ ކައިރީގައި ހުރި ކޮމާންޑު ސެންޓަރެއްގައި މަސައްކަތް ކުރެވޭނެ ދާއިމީ ފުރުސަތު ހޯދައިދެއްވާނެކަމަށް ވިދާޅުވި.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ 134 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިފައިންގެ ޚިދުމަތަށް މުހިންމު ބަދަލުތަކެއް ގެންނަވާނެކަން އިޢުލާނު ކުރައްވާފައެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނަކީ އާއިލާއާ ގާތުން ވަޒީފާ އަދާކުރެވޭނެ ބައެއްގެ ގޮތުގައި ހެއްދެވުމަށް އުސޫލެއް ހަމަޖައްސަވަން ގަސްދުކުރައްވާ ކަމަށެވެ. އެގޮތުން، ސިފައިންގެ އާއިލާތައް ގާއިމްވެފައިވާ ރަށް ނުވަތަ އަތޮޅަށް ރިއާޔަތްކޮށް، އެ ސަރަހައްދަކާ އެންމެ ކައިރީގައި ހުރި ކޮމާންޑު ސެންޓަރެއްގައި މަސައްކަތް ކުރެވޭނެ ދާއިމީ ފުރުސަތު ހޯދައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މި ބަދަލާ އެކީ ސިފައިންގޭގެ ފައުޖު ފުޅާކޮށް، އިތުރަށް ވަރުގަދަކުރަން ޖެހޭނެ ކަމަށެވެ. އަދި ސިފައިންގެ ސަފުތަކަށް ޒުވާނުން އިތުރުކުރުމަށްޓަކައި މިއަހަރުގެ ބަޖެޓުގެ ތެރެއިން ޚާއްސަ އިސްކަމެއް ދީގެން ބަޖެޓު އިތުރުކޮށްދެއްވާފައިވާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު މަގުސަދަކީ މާލެ އޭރިއާ ކޮމާންޑުގެ އިތުރުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ދާއިމީ ގޮތެއްގައި ސިފައިން ޑިއުޓީ އަދާކުރާ ގޮތަށް ނިޒާމު ބަދަލުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ނިންމެވުމުގެ ސަބަބުން ނުކުންނާނެ ނަތީޖާއާ މެދު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އާއިލާއާ ވީހާވެސް ގިނައިން ބައްދަލުވެ، ގާތުގައި ތިބެގެން ޚިދުމަތް ކުރެވޭނެ މަގު ފަހިވުމަކީ ސިފައިންގެ ނަފްސަށާއި ގައުމަށް އޭގެ ފުރިހަމަ ނަފާ ލިބިގެންދާނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެމްއެންޑީއެފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

22 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53