މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ފަންނީ މައްސަލަތަކެއް ހައްލުކޮށް، އަލުން ޚިދުމަތް ދޭން ފަށައިފިއެވެ.
މަރުކަޒީ ބޭންކުން މިއަދު ބުނީ، އެ އޮތޯރިޓީގެ ރަސްމީ ވެބްސައިޓް (mma.gov.mv) އަށް ދިމާވި ވަގުތީ މައްސަލަ މިހާރު ހައްލުކުރެވިފައިވާ ކަމަށެވެ. އަދި ވެބްސައިޓްގެ ހުރިހާ ޚިދުމަތްތަކެއް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫޢަކުރެވިފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް އެމް.އެމް.އޭ އިން ދަނީ ކުރަމުންނެވެ. މި މަސައްކަތް ކުރިއަށް ދަނީ ވެބްސައިޓްގެ ހޯސްޓިންގް ޚިދުމަތްދޭ ފަރާތާ ގުޅިގެން ކަމަށްވެސް އެ އޮތޯރިޓީން މައުލޫމާތު ދެއެވެ.







