Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

ހުސައިން އިސްމާއިލް
111 ދުވަސް ކުރިން - 9 މެއި 2026 17:21
މިނިސްޓަރު އިހުސާން ވަޒީރުންގެ މަޖިލީހުގައި. / ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އިހުސާން ވަޒީރުންގެ މަޖިލީހުގައި. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުޢިއްޒު ދެއްވާ އިރުޝާދާއި، މި މަސައްކަތުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިތަކަށްޓަކައި މިނިސްޓަރު ވަނީ ރައީސަށް މަރުހަބާ ދަންނަވާފަ.

ދިވެހިރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންގެ މައްސަލަ ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި ގައުމީ މަސައްކަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާކަން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޙްސާން ވިދާޅުވީ، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް މުޢިއްޒު ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ގައުމީ މުހިންމު މިޝަނެއްގެ ގޮތުގައި ކަނޑައަޅުއްވައި، އެ މަސައްކަތް ހޯމް މިނިސްޓްރީއާ އިތުބާރާއެކު ހަވާލުކުރައްވާފައި ކަމަށެވެ. މި މަގްސަދު ހާސިލްކުރުމަށްޓަކައި ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހޯމް ޓީމާއި ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކުން ވަރުބަލިކަމެއް ނެތި، ސާބިތުކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" އަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި އޮޕަރޭޝަނުގެ ދަށުން މިހާތަނަށް ހޯދިފައިވާ ކުރިއެރުންތަކަކީ މީގެ ކުރީގެ ސަރުކާރުތަކަށް ހައްލުނުކުރެވި އޮތް ދިގުލީ ގައުމީ މައްސަލައަކަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާ ހުރިހާ ފަރާތްތަކަށާއި މުއައްސަސާތަކަށް ވަޒީރު ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސް މުޢިއްޒު ދެއްވާ އިރުޝާދާއި، މި މަސައްކަތުން ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިތަކަށްޓަކައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދަންނަވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ރައީސް ވިދާޅުވީ، ރާއްޖޭގައި ސައްޙަ ވޯކްޕަރމިޓެއްގައި ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު (10 އިނގިލީގެ ނިޝާނާއި ފޮޓޯ) މިހާރު ވަނީ ނަގާ ނިންމާފައި ކަމަށެވެ. މި ސަރުކާރު ހަވާލުވިއިރު، 17 ނޮވެމްބަރު 2023 ގައި މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައި ކަމަށާއި، މިއީ ބިދޭސީންގެ ކާކުކަން ދެނެގަތުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންނަކީ ގާނޫނީ އިމުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރުކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމެވެ. މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މިނިސްޓަރު އަލީ އިހުސާންރައީސް ޑރ. މުހައްމަދު މުއިއްޒުބިދޭސީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

6 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

2 ދުވަސް ކުރިން - 23:42