Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ﷲގެ ރަހުމަތާއެކު މިގައުމުގައި ދެވަނަ ދައުރެއް ކުރައްވާނެ ފުރަތަމަ ވެރިއަކަށް ވާނީ ރައީސް މުއިއްޒު: އަބްދުއްރަހީމް

ﷲގެ ރަހުމަތާއެކު މިގައުމުގައި ދެވަނަ ދައުރެއް ކުރައްވާނެ ފުރަތަމަ ވެރިއަކަށް ވާނީ ރައީސް މުއިއްޒު: އަބްދުއްރަހީމް

އައިޝަތު ރުވާ ރިފްޢަތު
68 ދުވަސް ކުރިން - 8 މެއި 2026 01:28
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އެ ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މައިދާނުގައި އޮންނަ ވާދަވެރިކަމަކީ ޒާތީ ހަސަދަވެރިކަމަށް ނެހެއްދެވުމަށް އިލްތިމާސްކުރައްވާ ކަމަށް.

މާތް ﷲގެ ރަހުމަތާއެކު، ދިވެހިރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި ވެރިކަމުގެ ދެވަނަ ދައުރެއް ފުރިހަމަކުރައްވާނެ ފުރަތަމަ ރައީސަކަށް ވެވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ، ނިމިދިޔަ ކައުންސިލް އިންތިހާބުގައި އއ. ހިމަންދޫ އިން ޕީއެންސީގެ ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ މައިދާނުގައި އޮންނަ ވާދަވެރިކަމަކީ ޒާތީ ހަސަދަވެރިކަމަށް ނެހެއްދެވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ ޕީއެންސީގެ ބަދަހި ލަޝްކަރު ބައިބައިކޮށްލުމަށް ކަމަށާއި، އެކަމަށް ސަޕޯޓަރުން ހޭލުންތެރިވާން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

"އަޅުގަނޑުމެންގެ ޓީމު ޖަދަލުކުރަން ނިކުތީމާ ދެން އެޓީމު ބަލިކުރެވޭނެ ޓީމެއް މި ރާއްޖޭގެ ސިޔާސީ މައިދާނަކު ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒު އަންގަވާފައިވަނީ އެއްވެސް ބޭފުޅަކާ ޒާތީ ޖަދަލުވުމަކަށް ނުދިއުމަށް ކަމަށާއި، އެހެންކަމުން އެފަދަ ކަންކަމުގެ ތެރެއަށް ޕީއެންސީން ނުވަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވާ ވެރިއެއް ކަމަށެވެ. ވެރިކަމުގެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ބައްދަލުނުކުރައްވާ ކައުންސިލެއް ނުވަތަ ވަޑައިނުގަންނަވާ ރަށެއް މަދުވާނެ ކަމަށާއި، ރައީސް ރަށްރަށަށް ވަޑައިގަންނަވަނީ ހަމައެކަނި ޖަލްސާ ބާއްވާފައި ފުރައިވަޑައިގަންނަވާކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަމިއްލަފުޅަށް ނޯޓުކުރައްވައި، އެކަންކަމަށް ތަސައްލީއެއް ހޯއްދަވައިދެއްވާކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، އިއްޔެގެ ވެރިކަން ކުރި ގޮތާއި އޭގެ ނަތީޖާ ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ނިޒާމުގައި މިފަދަ ގާތްކަމާއެކު ރައްޔިތުންގެ އަޑުއައްސަވައިގެން ކަންކަން ކުރެއްވި އެހެން ވެރިއަކު ނެތް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒުގެ ވެރިކަމަށް ރައްޔިތުންގެ އޮތް އިތުބާރު ބޮޑުކަން އޭނާ ހާމަކުރެއްވި އެވެ.

މަޖިލިސް ރައީސް އަބްދުލް ރަހީމް އަބްދުﷲޕީއެންސީރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

22 ގަޑިއިރު ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53