Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސްރީލަންކަން އެއާލައިންސްގައި ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް: އެއާލައިން

ސްރީލަންކަން އެއާލައިންސްގައި ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް: އެއާލައިން

އައިޝަތު ރުވާ ރިފްޢަތު
112 ދުވަސް ކުރިން - 7 މެއި 2026 12:32
ސްރީލަންކަން އެއާލައިންގެ ކެބިން ކްރޫންތަކަކާއެކު ރައީސް މުއިއްޒު ފޮޓޯއަކަށް ހުއްޓިގެން. / ފޮޓޯ: ސްރީލަންކަން އެއާލައިންސް
ސްރީލަންކަން އެއާލައިންގެ ކެބިން ކްރޫންތަކަކާއެކު ރައީސް މުއިއްޒު ފޮޓޯއަކަށް ހުއްޓިގެން. / ފޮޓޯ: ސްރީލަންކަން އެއާލައިންސް
ޚުލާސާ

މާލެއިން ކޮލަމްބޯއަށް ދަތުރުކުރި ޔޫ.އެލް 116 ފްލައިޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށް އެ އެއާލައިނުން ބުނޭ.

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ދަތުރުފުޅު ކުރެއްވުމަކީ އެ އެއާލައިނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލެއިން ކޮލަމްބޯއަށް ދަތުރުކުރި ޔޫ.އެލް 116 ފްލައިޓުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަކީ އެ ކުންފުންޏަށް ލިބުނު ފަހުރެއް ކަމަށެވެ. އަދި ދަތުރުފުޅަށް އެ އެއާލައިން އިހުތިޔާރު ކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރަމުން އެއާލައިނުން ބުނީ، އެ ސަރަހައްދުގެ ގައުމުތައް ގުޅުވައިދިނުމުގައި ސްރީލަންކާގެ ހިތްހެޔޮކަމާއި މެހެމާންދާރީ ފޯރުކޮށްދިނުމުގައި އެ ކުންފުނިން އަބަދުވެސް ދެމިއޮންނާނެ ކަމަށެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސްރީލަންކާއަށް ކުރެއްވި މި ރަސްމީ ދަތުރުފުޅު ފެއްޓެވީ މި މަހުގެ 3 ވަނަ ދުވަހު އެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަތީ އިއްޔެގެ ވަގުތެއްގަ އެވެ.

މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމެވެ. އެގޮތުން، މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ޖުމްލަ 7 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެއްކަން ފާހަގަކުރެވެ އެވެ.

ސްރީ ލަންކާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

4 ގަޑިއިރު ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

7 ގަޑިއިރު ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

8 ގަޑިއިރު ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

8 ގަޑިއިރު ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

18 ގަޑިއިރު ކުރިން - 23:42

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

19 ގަޑިއިރު ކުރިން - 23:02