Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިފްކޯގެ އުފެއްދުންތައް ލަންކާގައި ރަސްމީކޮށް ލޯންޗުކޮށްފި

މިފްކޯގެ އުފެއްދުންތައް ލަންކާގައި ރަސްމީކޮށް ލޯންޗުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
113 ދުވަސް ކުރިން - 5 މެއި 2026 16:54
މިފްކޯގެ އުފެއްދުންތައް ލަންކާގައި ލޯންޗުކުރުން. / ފޮޓޯ: ރައީސް އޮފީސް
މިފްކޯގެ އުފެއްދުންތައް ލަންކާގައި ލޯންޗުކުރުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ރަސްމިއްޔާތުގެ ތެރެއިން ތައްޔާރުކޮށްފައިވާ ކަލިނަރީ ޝޯކޭސް ސަރަހައްދަށް ޒިޔާރަތްކުރައްވައި، ބްރޭންޑްގެ ދަށުން ބާޒާރަށް ނެރެފައިވާ އުފެއްދުންތައް ރައީސް ވަނީ ބައްލަވާލައްވާފަ.

-ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކަށް ފުޅާކުރުމުގެ ގޮތުން، މިފްކޯގެ އުފެއްދުންތައް ސްރީލަންކާގައި ރަސްމީކޮށް މިއަދު ލޯންޗުކޮށްފި އެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ބޭއްވި މި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ އުފެއްދުންތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ދިވެހި ސަގާފީ 'މާލަފަތެއް' ވެސް ވަނީ ދައްކާލާފަ އެވެ. މިއީ މިފްކޯގެ މަހުގެ އުފެއްދުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސް، ބައިނަލްއަގުވާމީ ބާޒާރުގައި އެ ކުންފުނީގެ އުފެއްދުންތައް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، އޮނަރަބަލް ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިސްތިރާތީޖީ ވިޔަފާރީގެ ގުޅުން ބަދަހިކުރުމުގައި މިފަދަ މަޝްރޫޢުތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ.

Advertisement

Advertisement 1

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި ރަސްމިއްޔާތުގެ ތެރެއިން ތައްޔާރުކޮށްފައިވާ ކަލިނަރީ ޝޯކޭސް ސަރަހައްދަށް ޒިޔާރަތްކުރައްވައި، ބްރޭންޑްގެ ދަށުން ބާޒާރަށް ނެރެފައިވާ އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.

މި ހަރަކާތަކީ ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައި ބޭއްވުނު މުހިންމު ހަރަކާތެކެވެ.

ސްރީ ލަންކާމިފްކޯރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

0 މިނެޓު ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

15 މިނެޓު ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

36 މިނެޓު ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

10 ގަޑިއިރު ކުރިން - 23:42

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

11 ގަޑިއިރު ކުރިން - 23:02

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

12 ގަޑިއިރު ކުރިން - 22:31