އެމެރިކާއިން އަތުލައިގަތް އީރާނުގެ ކޮންޓެއިނަރު ބޯޓެއްގެ 22 ފަޅުވެރިން ޕާކިސްތާނާއި ޙަވާލު ކޮށްފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ އެމެރިކާ ސިފައިން އަތުލައިގަތް ބޯޓުގައި ތިބި ފަޅުވެރިން އީރާނަށް އަނބުރާ ފޮނުވާލާނެ ކަމަށެވެ.
އެމެރިކާއިން ބުނީ އީރާނުގެ ކަނޑުގެ ސަރަހައްދުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ އަމުރަށް ތަބާ ނުވުމުގެ ސަބަބުން ހިފެހެއްޓި އެމް/ވީ ޓޫސްކާ ގައި ޖަހާފައި ހުރީ އީރާނުގެ ދިދަ ކަމަށާއި. ބޯޓުގައި ތިބި 22 ފަޅުވެރިން ޕާކިސްތާނާއި ޙަވާލުކުރި އިރު، އެހެން ޤައުމުތަކުގެ ހަމީހަކު އެމީހުންބެ ވަޒަނަށް ފޮނުވާފައިވާ ކަމަށެވެ.










