Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަންހެން ކުއްޖާ މަރާލުމަށްފަހު ހަށިގަނޑު ނައްތާލަން ބޭނުންވާ ސާމާނު ޑީފޯވްޑީ އޮންލައިންކޮށް ގަތްކަމުގެ ތުހުމަތުކޮށްފި

އަންހެން ކުއްޖާ މަރާލުމަށްފަހު ހަށިގަނޑު ނައްތާލަން ބޭނުންވާ ސާމާނު ޑީފޯވްޑީ އޮންލައިންކޮށް ގަތްކަމުގެ ތުހުމަތުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
109 ދުވަސް ކުރިން - 30 އޭޕްރިލް 2026 22:53
ޑީފޯވްޑީ މަރާލާފައިވާ އަންހެން ކުއްޖާގެ ފޮޓޯއެއް. / ފޮޓޯ: ގެޓީ އިމޭޖަސް
ޑީފޯވްޑީ މަރާލާފައިވާ އަންހެން ކުއްޖާގެ ފޮޓޯއެއް. / ފޮޓޯ: ގެޓީ އިމޭޖަސް
ޚުލާސާ

ޑީފޯވްޑީ އާއި މަރުވި ރިވާސް ހެނާންޑޭޒްއާ ދެމެދު އެހެން އަންހެނުންނާ އޮންނަ ގުޅުމާ ބެހޭގޮތުން ބޮޑު ދެބަސްވުމެއް ހިނގާފައިވާކަމަށް ތަހުގީގުން އިނގޭ.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޑީފޯވްޑީ (ޑޭވިޑް އެންތަނީ ބާކް)، ޒުވާން އަންހެން ކުއްޖަކު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ނައްތާލުމަށް ބޭނުންވާ ތަކެތި އޮންލައިންކޮށް ގަނެފައިވާ ކަމަށް ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފި އެވެ.

ބުދަ ދުވަހު ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، ޕްރޮސެކިއުޓަރުން ތުހުމަތު ކުރަނީ ޑީފޯވްޑީ އޭނާގެ ގޭގައި އެ އަންހެން ކުއްޖާއަށް ވަޅިން ހަމަލާދީ މަރާލާފައިވާ ކަމަށެވެ. އަދި މަރަށްފަހު، ވަގު ނަމެއް ބޭނުންކޮށްގެން ދެ ކަރުގަނޑާއި، ފޮރުވާފައި ބަހައްޓާ ކޮތަޅަކާއި، ފުޅާ މޮގާއި، އަދި ހެކި ނައްތާލުމަށްޓަކައި އެއްޗެހި އަންދާލާނެ ދަގަނޑު ކޭޖެއް އޮންލައިންކޮށް އޯޑަރުކޮށްފައިވާ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

Advertisement

Advertisement 1

މި މައްސަލައިގެ ތަފްސީލުތައް ހާމަކުރަމުން ޕްރޮސެކިއުޓަރުން ބުނީ، 22 އެޕްރީލް 2025 ގައި ޑީފޯވްޑީ އާއި މަރުވި ރިވާސް ހެނާންޑޭޒްއާ ދެމެދު އެހެން އަންހެނުންނާ އޮންނަ ގުޅުމާ ބެހޭގޮތުން ބޮޑު ދެބަސްވުމެއް ހިނގާފައިވާ ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު އަންހެން ކުއްޖާ މަރާލާފައިވާ ކަމަށް ބެލެވޭ އިރު، އޭނާ މަރާލުމަށްފަހު ހަށިގަނޑު ކަނޑާ ބައިބައިކޮށްފައިވަނީ ހޮލީވުޑް ހިލްސްގައި ހުންނަ ޑީފޯވްޑީގެ ގޭގެ ގަރާޖުގަ އެވެ.

ކޯޓު ލިޔެކިޔުންތަކުގައިވާ ގޮތުން، އަންހެން ކުއްޖާ މަރާލި ދުވަހު ޑީފޯވްޑީ ވަނީ އޭނާގެ ގެއަށް އައުމަށް ރިވާސްއަށް އޫބާއެއް ބުކްކޮށްދީފައެވެ. އަދި އޭނާ އެގެއަށް ދިޔަ ފަހުންވެސް، ކަންކަން ފޮރުވުމުގެ ގޮތުން އޭނާ ކޮބައިތޯ އަހައި ޑީފޯވްޑީ މެސެޖުތަކެއް ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓަރުން ތުހުމަތުކުރެއެވެ. ސެޕްޓެމްބަރު 2025 ގައި އެ އަންހެން ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ ޑީފޯވްޑީގެ ޓެސްލާ ކާރުގެ ތެރެއިންނެވެ.

ބުދަ ދުވަހު އޮތް ކޯޓު އަޑުއެހުމުގައި ޑީފޯވްޑީގެ ވަކީލުން ވަނީ މި ލިޔެކިޔުންތައް އާންމުކުރުން ހުއްޓުވުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރު ޗާލީން އޮލްމެޑޯ ވަނީ ބައެއް ހެކިތައް ފިޔަވައި އެހެން މައުލޫމާތުތައް އާންމުކުރުމުގެ ހުއްދަ ދެއްވާފަ އެވެ. ކޯޓުގައި ޑީފޯވްޑީ މާ ގިނަ ވާހަކައެއް ނުދައްކަ އެވެ.

ޓިކްޓޮކްގެ މަޝްހޫރު ލަވަތަކުން މަގުބޫލުކަން ހޯދި ޑީފޯވްޑީގެ މައްޗަށް މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ބޭއަދަބީ ފޮޓޯ ގެންގުޅުމުގެ ދައުވާ ވެސް ވަނީ އުފުލާފަ އެވެ. އޭނާ މިހާރު ހުރީ ލޮސް އެންޖެލިސް ފުލުހުންގެ ބަންދުގަ އެވެ. މި މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ މަހު އޮންނާނެ އެވެ.

އެމެރިކާލަވަކިޔުންތެރިން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުންދޭ ކަމަށް ބުނެ، އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް 1 ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

އެމެރިކާގެ 30 ސްޓޭޓަކުން މެޓާއާ ދެކޮޅަށް ޓްރިލިއަން ޑޮލަރުގެ ދައުވާއެއް އުފުލައިފި

2 ގަޑިއިރު ކުރިން - 17:33

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

އީރާނަށް ބޮންއަޅަން ޓްރަމްޕާ އާދޭސްކުރުމުން ދ.ކޮރެއާއިން އެއްބާރުލުން ނުދިން

1 ދުވަސް ކުރިން - 11:18

ސައުދީން އެމެރިކާ އާއި ގުޅިގެން އިރާގުގައި ތިބި އިރާނަށް ތާއީދުކުރާ މިލިޝިއާތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި

ސައުދީއާއި އެމެރިކާ ގުޅިގެން އިރާގުގައި ތިބި އީރާނަށް ތާއިދުކުރާ މިލިޝިއާތަކަށް ހަމަލާދީފި

20 ދުވަސް ކުރިން - 17:45

މަމްދާނީ އަށް ގޮންޖަހާލައި، އދ. ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

މަމްދާނީ އަށް ގޮންޖަހާލައި، އދ.ގެ ބައްދަލުވުމަށް ދާނެ ކަމަށް ނަތަންޔާހޫ ބުނެފި

21 ދުވަސް ކުރިން - 12:57

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

އީރާނުގެ މައްސަލައިގައި މަޝްވަރާކުރަން ނަތަންޔާހޫ ސިއްރު އެއާބޭސްއަކުން އެމެރިކާއަށް ފުރައިފި

21 ދުވަސް ކުރިން - 02:21

ނަތަންޔާހޫ އަށް ޓަކައި އައިސީސީ "ފުނޑާލާނެ" ކަމަށް ރޫބިއޯ ބުނި

އައިސީސީ "ފުނޑާލާނެ" ކަމަށް ރޫބިއޯ ބުނި: ނަތަންޔާހޫ

22 ދުވަސް ކުރިން - 10:09