އަންނަ މެއި މަހުގެ ފުރަތަަމަ ދުވަހުން ފެށިގެން އޯޕެކް އާއި އޯޕެކް ޕްލަސް އިން ވަކިވާން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ނިންމައިފިއެވެ.
ޔޫއޭއީ އިން ކުއްލިޔަކަށް މި ނިންމުން ނިންމި ސަބަބެއް އޯޕެކްގެ ޤައުމުތަކާއި ވެސް ހިއްސާ އެއް ނުކުރެއެވެ.
ޔޫއޭއީގެ މި ނިންމުމުގެ ސަބަބުން އޯޕެކް ކޯޓާތަކުން އެއްކިބާވެ، ތެޔޮ އުފައްދާ މިންވަރު އަމިއްލަ އަށް ކަނޑައެޅޭނެއެވެ.
ޔޫއޭއީގެ މި ނިންމުމުގެ ސަބަބުން އެމެރިކާއަށް ފައިދާ ވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.










