Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނޫސްވެރިކަމަކީ ޒިނޭގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅުވުމަށް ލިބޭ ލައިސަންސެއް ނޫން: މިނިސްޓަރު ޝިޔާމް

ނޫސްވެރިކަމަކީ ޒިނޭގެ ތުހުމަތު މީހެއްގެ ބޮލުގައި އެޅުވުމަށް ލިބޭ ލައިސަންސެއް ނޫން: މިނިސްޓަރު ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު
123 ދުވަސް ކުރިން - 28 އޭޕްރިލް 2026 17:11
މިނިސްޓަރު އަހްމަދު ޝިޔާމް. / ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރު އަހްމަދު ޝިޔާމް. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ވެހި ނޫސްވެރިންނަކީ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ ބަޔަކަށްވުރެ ބޮޑަށް، ތަހުޒީބު އަދި ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި.

ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ގަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ، ފަހަކަށް އައިސް ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަތުމާއި، ވަކިން ހާއްސަކޮށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ އަބުރަށް އުނިކަން އަންނަ ފަދަ ދޮގު ވާހަކަތައް ފަތުރަމުންދާ ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކަކަށް ވީނަމަވެސް، ހަމަ އެއާއެކު ޒާތީ ދިރިއުޅުމުގެ ހައްގާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގަކީވެސް ކޮންމެ ރައްޔިތަކަށްމެ ލިބިދީފައިވާ ބާރުގަދަ ހައްގުތަކެކެވެ. އަދި މި ހައްގުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement

Advertisement 1

"ގަޛްފާއި ޒިނޭއަކީ ﷲ ސުބްހާނަހޫ ވަތައާލާ ހަތް އުޑުމަތިން ބާވާލެއްވި އިސްލާމީ ޝަރީއަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ހާއްސަ މިންގަނޑެއް ކަނޑައަޅައި، ހައްދު ކަނޑައަޅާފައިވާ ކުށްތަކެއް،" ޝިޔާމް ވިދާޅުވި އެވެ.

އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީއަތުގެ މުހިންމު މަގްސަދަކަށްވާއިރު، ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި އިސްލާމީ ދައުލަތެއްގެ ވެރިޔާގެ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި ދިވެހި ނޫސްވެރިންނަކީ ފާހިޝް ހުތުރު ކަންކަމަށް ހިތްވަރުދޭ ބަޔަކަށްވުރެ ބޮޑަށް، ތަހުޒީބު އަދި ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާނެ ސަރުކާރެއް ނޫން ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މި ސަރުކާރުން އަބަދުވެސް ޒިންމާދާރު ނޫސްވެރިކަމަށް ފުޅާ ދާއިރާއެއްގައި ތަރުހީބު ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޝިޔާމް ވިދާޅުވީ މިއަދު ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަބުރު ކަތިލެވޭއިރު މިކަން ނުހުއްޓުވައިފިނަމަ، މާދަމާ މިކަމުގެ ޝިކާރައަކަށް ކޮންމެ ރައްޔިތަކުވެސް ވެދާނެ ކަމަށެވެ. އެހެންކަމުން، ނޫސްވެރިކަމަކީ ސާބިތު ހިފޭ ހެކިތަކުގެ މައްޗަށް ބިނާކޮށް ތެދު މައުލޫމާތު ފޯރުކޮށްދޭ މަސައްކަތަކަށް ވާންޖެހޭ ކަމަށާއި، މިނިވަންކަމުގެ ނަމުގައި އަނެކާގެ ހައްގުތަކަށް އަރައިގަތުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުޒިނޭމިނިސްޓަރު އަހްމަދު ޝިޔާމް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

10 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

17 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02