އިންޑިއާ ކަނޑުން ދަތުރުކުރަމުންދިޔަ ސްވާޑް ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަނޑުފޭރޭ މީހުންގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ.
ހަތިޔާރު އެޅި ބަޔަކު އެ ބޯޓަށް އަރައި، އޭގެ ކޮންޓްރޯލް އަތުލުމަށްފަހު މިހާރު ދަތުރުކުރަމުންދަނީ ސޯމާލިއާގެ އައްސޭރިފަށާއި ދިމާލަށްކަމަށާއި، އިޖިޕްޓުން ފުރައިގެން ކެންޔާ އާއި ދިމާ އަށް ދަތުރުކުރި މި ބޯޓުގައި ހުރީ ކޮންސްޓްރަކްޝަން ސާމާނު ކަމަށް ވެއެވެ.
އިންޑިއާ އާއި ސޫރިޔާ ހިމެނޭހެން 15 ފަޅުވެރިން ތިބި ސްވާޑް ނަމަކަށް ކިޔާ މި ކާގޯ ބޯޓު ހައިޖެކް ކުރީ ހަތިޔާރު އެޅި 9 މީހުންގެ ގްރޫޕަކުން ކަމަށް އިތުބާރު ހުރި މަސްދަރަކުން ބުނެފައި ވެއެވެ.










