ޕާކިސްތާނުގައި ޝެޑިއުލް ކޮށްފައިވާ އެމެރިކާ-އީރާންގެ މަޝްވަރާގެ ދެވަނަ ބުރުގެ ބައްދަލުވުން ކުއްލިޔަކަށް ކެންސަލް ކޮށްފިއެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި މި މަޝްވަރާ ކެންސަލް ކުރިކަން އެންގީ ޓްރަމްޕްގެ އެޑްވައިޒަރީ އޮފީސް މެދުވެރިކޮށް، އެއީ "އެތެރޭގެ” ނިންމުމެއް ކަމަށް ބުނެއެވެ.
ފާހަގަ ކޮށްލަން ޖެހޭ މުހިއްމު ކަމަކީ މި މަޝްވަރާގެ ބައްދަލުވުން ބޭއްްވިޔަސް، ސީދާ އެމެރިކާގެ މަންދޫބުންނާއި މޫނާއި މޫނު ދިމާވާހެން ބައްދަލު ނުކުރާނެ ކަމަށް އިސްލާމް އާބާދުގައި ހުންނެވި އީރާނުގެ ފޮރިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ބައްދަކުވުން ކެންސަލް ކުރަން ނިންމިކަން އެންގީ އޭގެ ފަހުންނެވެ.










