Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖިންސީ ގޯނާގެ ތުހުމަތުކުރި މީހުންނާ ދެކޮޅަށް ސްމޯކީ ރޮބިންސަން ކުރި އަބުރުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

ޖިންސީ ގޯނާގެ ތުހުމަތުކުރި މީހުންނާ ދެކޮޅަށް ސްމޯކީ ރޮބިންސަން ކުރި އަބުރުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި

އައިޝަތު ރުވާ ރިފްޢަތު
80 ދުވަސް ކުރިން - 25 އޭޕްރިލް 2026 21:08
ސްމޯކީ ރޮބިންސަން---
ސްމޯކީ ރޮބިންސަން---
ޚުލާސާ

ފަނޑިޔާރު ވިދާޅުވީ ރޮބިންސަންގެ ދިފާއުގައި ބައެއް ހެކި ހުރި ނަމަވެސް، ނުބައި ނިޔަތެއް އޮތްކަން ސާބިތުކޮށްދޭން ޖެހޭ މިންގަނޑަށް ހެކި ލިބިފައި ނުވާ ކަމަށް.

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސްމޯކީ ރޮބިންސަންއަށް ޖިންސީ ގޯނާގެ ތުހުމަތުކުރި އޭނާގެ ގޭގައި މަސައްކަތްކުރި ހަތަރު މުވައްޒަފަކާ ދެކޮޅަށް، އޭނާ ހުށަހެޅި އަބުރުގެ ދައުވާ އެމެރިކާގެ ފަނޑިޔާރަކު ބޭރުކޮށްލައިފި އެވެ.

މިދިޔަ އަހަރު، 86 އަހަރުގެ މޮޓައުން ތަރި ރޮބިންސަންއާ ދެކޮޅަށް މި ހަތަރު އަންހެނުން ވަނީ ޖިންސީ ގޯނާކުރުމާއި، ގަދަކަމުން ހިފެހެއްޓުމާއި، އަދި އަނިޔާވެރިވުމުގެ ދައުވާ އުފުލާފަ އެވެ. މި ތުހުމަތުތަކާ ގުޅިގެން ލޮސް އެންޖެލިސްގެ ފުލުހުން ވަނީ ޖިނާއީ ތަހުގީގެއްވެސް ފަށާފަ އެވެ.

ރޮބިންސަން މި ތުހުމަތުތައް "ދޮގު އަދި ހަޑިމުޑުދާރު" ތުހުމަތުތަކެއްގެ ގޮތުގައި ސިފަކޮށް ދޮގުކޮށްފައިވެ އެވެ. އަދި އޭނާގެ އަބުރު ކުލަބުކޮށްފައިވާ ކަމަށް ބުނެ، ބަދަލުގެ ގޮތުގައި 500 މިލިއަން ޑޮލަރު ހޯދުމަށް ރައްދު ދައުވާއެއް ހުށަހެޅި އެވެ. އޭނާ މި ދައުވާ ކުރީ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަންހެނުންނާއި އެމީހުންގެ ވަކީލުން އޭނާއަކީ "ބަލިމަޑު ރޭޕިސްޓެއް" ކަމަށް ބުނުމާ ގުޅިގެންނެވެ.

Advertisement

Advertisement 1

ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ލޮސް އެންޖެލިސްގެ ސުޕީރިއާ ކޯޓުގެ ފަނޑިޔާރު ކެވިން ބްރެޒިލް ނިންމެވީ، އެ އަންހެނުން އެ ތުހުމަތުތައް ކުރީ "ނުބައި ނިޔަތެއްގައި" ކަން ސާބިތުކޮށްދޭ ވަރުގަދަ ހެކި ނެތް ކަމަށެވެ. ކެލިފޯނިއާގެ ގާނޫނު ބުނާގޮތުން، މަޝްހޫރު މީހަކު އަބުރުގެ ދައުވާ ކުރާއިރު، އެ މީހަކާ ދެކޮޅަށް ވާހަކަދެއްކި މީހަކު އެއީ ދޮގެއްކަން އެނގިހުރެ ނުވަތަ އެއީ ތެދެއްކަމާ މެދު ބޮޑު ޝައްކެއް އޮވެ ބުނި ބުނުމެއްކަން ސާބިތުކޮށްދޭން ޖެހެ އެވެ.

ފަނޑިޔާރު ވިދާޅުވީ ރޮބިންސަންގެ ދިފާއުގައި ބައެއް ހެކި ހުރި ނަމަވެސް، ނުބައި ނިޔަތެއް އޮތްކަން ސާބިތުކޮށްދޭން ޖެހޭ މިންގަނޑަށް ހެކި ލިބިފައި ނުވާ ކަމަށެވެ. އަބުރުގެ ދައުވާ ބޭރުކޮށްލި ނަމަވެސް، ރޮބިންސަންގެ ދައުވާގައި ހިމެނޭ ނަފްސާނީ ގޮތުން ލިބުނު ގެއްލުމާއި މާލީ ގޮތުން އުމުރުން ދުވަސްވީ މީހަކަށް ކުރި އަނިޔާގެ ބައި ކުރިއަށް ގެންދިއުމުގެ ހުއްދަ ފަނޑިޔާރު ވަނީ ދެއްވާފަ އެވެ.

އަންހެނުންގެ ވަކީލު ޖޯން ހެރިސް މި ނިންމުމަށް މަރުހަބާ ކިޔަމުން ވިދާޅުވީ، މިއީ ހަގީގަތް ހާމަކުރަން މަސައްކަތްކުރާ އަންހެނުން ބިރުގަންނަވައި ހަނުހިމޭން ކުރުވުމަށް ރޮބިންސަން ކުރި މަސައްކަތަކަށް ލިބުނު ނާކާމިޔާބީއެއް ކަމަށެވެ. ނަމަވެސް ރޮބިންސަންގެ ވަކީލު ކްރިސްޓޮފާ ފްރޮސްޓް ވިދާޅުވީ ކޯޓުގެ ނިންމުން ގޯސް ކަމަށާއި، އެ އަންހެނުންގެ ތުހުމަތުތަކަކީ އުފައްދާފައިވާ ދޮގު ވާހަކަތަކެއްކަން ސާބިތުކޮށްދޭނެ ކަމަށެވެ.

ސްމޯކީ ރޮބިންސަންއަކީ މޮޓައުން ރެކޯޑްސްގެ އެންމެ ކާމިޔާބު އެއް ފަންނާނެވެ. "މައި ގާލް" ފަދަ މަޝްހޫރު ލަވަތައް ލިޔެފައިވާ ރޮބިންސަން ވަނީ 4،000 އަށްވުރެ ގިނަ ލަވައިގެ މަސައްކަތުގައި ބައިވެރިވެފަ އެވެ. އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެއްވެސް ޖިނާއީ ދައުވާއެއް އުފުލާފައެއް ނުވެ އެވެ.

އެމެރިކާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

16 ގަޑިއިރު ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

1 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

3 ދުވަސް ކުރިން - 11:26

ވޯލްޑް ކަޕް ފައިނަލްގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި، އެންމެ އަގުބޮޑު ޓިކެޓު 34,500 ޑޮލަރަށް!

ފައިނަލް މެޗުގެ 1،200 އަށްވުރެ ގިނަ ޓިކެޓް އަދިވެސް ވިއްކަން އެބަހުރި

4 ދުވަސް ކުރިން - 01:27

އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

އީރާނުން ގަލްފުގެ ގައުމުތަކުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި

5 ދުވަސް ކުރިން - 06:41

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

ޓްރަމްޕް ހުށަހެޅުއްވި ގްރީންލޭންޑު މައްސަލަ ނޭޓޯ ސަމިޓުން ބަލައިނުގަނެ ބޭރުކޮށްލައިފި

5 ދުވަސް ކުރިން - 21:05