Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފި

ރަޝިޔާގެ ޑްރޯންތަކަށް ޙަމަލާ ދިނުމަށް އިނގިރޭސިވިލާތުން ހުއްދަ ދީފި

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 25 އޭޕްރިލް 2026 20:55
ޓައިފޫން ފައިޓާ ޖެޓެއް
ޓައިފޫން ފައިޓާ ޖެޓެއް
ޚުލާސާ

ރޫސީވިލާތުގެ ޑްރޯންތަކަށް ހަމަލާދިނުމުގެ ހުއްދަ އިނގިރޭސި ޖެޓްތަކަށް ދީފި

ނޭޓޯގެ މެންބަރު ގައުމުތަކުގެ ވައިގެ ސަރަހައްދަށް ވަންނަ ރޫސީވިލާތުގެ އުޅަނދުތަކާއި ޑްރޯންތަކަށް ހަމަލާދީ ވައްޓާލުމުގެ ހުއްދަ، އިނގިރޭސިވިލާތުގެ ރޯޔަލް އެއަރ ފޯސް (އާރް.އޭ.އެފް) ގެ ހަނގުރާމަމަތީ ޖެޓްތަކަށް ދީފި ކަން ހާމަވެއްޖެ ކަމަށް ބައިނަލްއަޤްވާމީ އިތުބާރު ހުރި މަސްދަރަކުން ބުނެފިއެވެ.

އިނގިރޭސިވިލާތުން މި ގޮތަށް އެންގީ އިރުމަތީ ޔޫރަޕްގެ ގައުމެއް ކަމަށްވާ ރޫމޭނިއާގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ނޭޓޯއިން ކުރިއަށްގެންދާ "އެއަރ ޕޮލީސިން" މިޝަންގެ ދަށުންނެވެ.

މޮސްކޯއިން ދަނީ ނޭޓޯގެ މެމްބަރުން ސީދާ ހަނގުރާމައިގައި ބައިވެރިވާ ކަމަށް ބުނެ، ޔޫކްރޭނަށް ހުޅަނގުން ދޭ އެހީތައް ކުށްވެރިކުރަމުންނެވެ.

Advertisement

Advertisement 1

އިނގިރޭސިވިލާތަކީ 2022 ވަނަ އަހަރު ރަޝިޔާއިން ޔުކްރޭނަށް އަރައިގަތުމަށް ފަހު، ޔޫކްރޭނަށް ހުޅަނގުގެ އެންމެ ބޮޑު އެއް އެހީތެރިކަން ފޯރުކޮށްދޭ އެއް ގައުމެވެ.

ހަނގުރާމަ ފެށި ފަހުން މިހާތަނަށް އިނގިރޭސިވިލާތުން ވަނީ ޒެލެންސްކީގެ ސަރުކާރަށް ގާތްގަނޑަކަށް 21.8 ބިލިއަން ޕައުންޑާއި ހަމަޔަށް އެހީތެރުވެދޭން ނިންމާފައެވެ. މީގެ ތެރޭގައި ހަތިޔާރާއި، ވަޒަނާއި، ޔޫކްރޭންގެ ސިފައިން ތަމްރީނު ކުރުމާއި، ބަޖެޓް ސަޕޯޓާއި، ރިކޮންސްޓްރަކްޝަން ފަންޑިންގ ހިމެނެއެވެ. އަދި 2030-31 އާއި ހަމައަށް މަދުވެގެން އަހަރަކު ގާތްގަނޑަކަށް 3 ބިލިއަން ޕައުންޑްގެ އަސްކަރީ އެހީ ވެސް ޔުކްރޭނު ސަރުކާރަށް ދޭނެ ކަމަށް ބުނެފައި ވެއެވެ.

ރަޝިއާ - ޔުކްރޭންއިނގިރޭސީވިލާތް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުނިޔޭގައި ފުރަތަމަ ފަހަރަށް އުފެއްދި ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

އޭއައި ބޭނުންކޮށްގެން އުފެއްދި ފުރަތަމަ ވެކްސިން އިންސާނުންނަށް ޓެސްޓުކުރަން ފަށައިފި

5 ދުވަސް ކުރިން - 13:35

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

ކުރީގެ ކެޕްޓަން ކެވިން ކީގަންއަށް ކެންސަރު ޖެހިއްޖެ

8 ދުވަސް ކުރިން - 06:44

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

އާސެނަލްގެ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ލަންޑަންގެ މަގުތައް ރަތްކުލައިން ފުރާލައިފި

10 ދުވަސް ކުރިން - 03:22

ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާކުރުން ހުއްޓާލުމަށް އިނގިރޭސިވިލާތުން ގޮވާލައިފި

10 ދުވަސް ކުރިން - 02:12

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

އޭކަސް އިއްތިހާދުން ކަނޑުއަޑީގައި ބޭނުންކުރާ ޑްރޯން ޓެކްނޮލޮޖީ އުފެއްދުމަށް ނިންމައިފި

10 ދުވަސް ކުރިން - 05:45

ރާނީ އެލިޒަބަތުގެ ނާސްތާގެ އާދަކާދަތަކާއި އަމިއްލަފުޅު ދިރިއުޅުމުގެ ސިއްރުތަކެއް ހާމަކޮށްފި

އެލިޒަބަތުގެ ނާސްތާގެ އާދަކާދަތަކުގެ ސިއްރުތަކެއް ހާމަކޮށްފި

18 ދުވަސް ކުރިން - 23:51