އީރާނުގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ކަންތަކާއި ހުރެ ޖެޓް ފިއުލްގެ އަގު ބޮޑުވުމާއި ސަޕްލައިގެ ދަތިތަކާއި ހުރެ ޖަރުމަނުގެ ޤައުމީ އެއާލައިން ލުފްތަންސާ އިން ގާތްގަނޑަކަށް 20،000 ފްލައިޓް ކެންސަލް ކުރިކަން އިއުލާންކޮށްފިއެވެ.
އެ އާލައިނާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ދަތުރުތައް ކެންސަލް ކުރުން އޮކްޓޯބަރު 2026 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. 
ފާއިތުވި މަސްތަކުގައި ތެލުގެ އަގު ގާތްގަނޑަކަށް ދެގުނައަށް އިތުރުވުމުން ދުނިޔޭގެ ހުރިހާ އެއާލައިންތަކުން ހެން ވަނީ އަގުތަކަށްބަދަލު ގެނެސްފައެވެ.
ލުފްތަންސާ އިން ބުނި ގޮތުގައި އެ ކުންފުނިން ކުރު މަންޒިލްތަކުގެ ދަތުރުތައް ކެންސަލް ކުރަން ނިންމީ ތެޔޮ ރައްކާތެރިކުރުމާއި ހަރަދު ކުޑަކުރުމަށް އަމާޒުކޮށްގެންނެވެ.
ލުފްތަންސާއިން ލަފާކުރާ ގޮތުގައި 40،000 މެޓްރިކް ޓަނަށް ވުރެ ގިނަ ޖެޓް ފިއުލް ސަލާމަތް ކުރެވޭނެއެވެ.










