ހުރްމުޒް އިން ދަތުރުކުރި ދެ ކޮންޓެއިނާ ޝިޕް އީރާނުން ހިފަހައްޓައިފިއެވެ. އީރާނުން އަޅާފައިވާ ހުރަސްތަކެއް ޚިލާފު ވި ކަމަށް ބުނެ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ނޭވީން ހިފެހެއްޓި އެމްއެސްސީ ފްރާންސެސްކާ އާއި އެޕަމިނޮންޑަސް އެވެ. މީގެތެރެއިން ފޮރެންސެސްކާ ހިންގަނީ ސުވިޒަލޭންޑު ގެ މެނޭޖްމަންޓަކުންނެވެ. އެއީ އީރާނުގެ ފައިސާ ފްރީޒް ކޮށްފައިވާ ޤައުމެކެވެ.
ފްރާންސެސްކާ އަކީ ޕެނަމާގެ ދިދަގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި ޔޫރަޕްގައި ހުންނަ ދުނިޔޭގެ ބޮޑު ޝިޕިން ކުންފުންޏަކުން ހިންގާ ކުންފުންޏެއް ކަމަށް ވާއިރު، އެޕަމިނޮންޑާސް ދަތުރުކުރީ ލައިބީރިއާގެ ދިދަގެ ދަށުން ކަމަށާއި އެއީ ގްރީސް އިން އޮޕަރޭޓް ކުރާ ބޯޓެއް ނަމަވެސް، ދަތުރު ކުރަމުން ދިޔައީ ސްވިޒަލޭންޑުގެ ލިންކަކާއި ގުޅިގެން ކަމަށް އީރާނުން ތުހުމަތު ކުރެއެވެ.










