Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއުޒީޝަނުންނާއި ހުރިހާ ފަންނުވެރިންނަށް ލޯނާއި ގްރާންޓު ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

މިއުޒީޝަނުންނާއި ހުރިހާ ފަންނުވެރިންނަށް ލޯނާއި ގްރާންޓު ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް: ރައީސް

މުހައްމަދު ޖަމްޝަތު
131 ދުވަސް ކުރިން - 20 އޭޕްރިލް 2026 20:47
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެކި ސެކްޓާތަކަށް ކުދި އަދި މެދު ފަންތީގެ ލޯނު ދޫކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށް

މިއުޒީޝަނުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ފަންނުވެރިންނަށް ހާއްސަ ލޯނުތަކާއި ގްރާންޓުތައް ދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބީއެމްއެލްގެ ސަބްސިޑަރީ އެސްއެމްއީ ޑިޖިޓަލް އިން ދޫކުރާ ލޯނުތަކުގައި މިއުޒީޝަނުންނަށް ފުރުސަތު ނެތުމާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ އެކި ސެކްޓާތަކަށް ކުދި އަދި މެދު ފަންތީގެ ލޯނު ދޫކުރުމުގެ ސިޔާސަތެއް ސަރުކާރުން ގެންގުޅޭ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އާޓިސްޓުންނާއި އެކި ފަންނުވެރިންނަށް ފުރުސަތުތައް އޮތް ގޮތް ބައްލަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Advertisement

Advertisement 1

"ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ބަލާނަން ކިހިނެއްތޯ މިހާރު ޖުމްލަކޮށް އާޓިސްޓުންނަށް އެކިއެކި ފަންނުވެރިންނަށް ފުރުސަތުތައް ދިނުން އޮތީ. ސަރުކާރުގެ ސީދާ ބަޖެޓުން ވެސް، މިއުޒިކް ކުޅޭ ފަރާތްތަކެއް ނޫން، އާޓިސްޓުންނަށް ނުވަތަ ކުރަހާ ފަރާތްތަކަށް ހާއްސަ ގްރާންޓެއް ދިނުން ވެސް އެބައޮތް. އެހެންވީމަ، ފަންނުތައް، އެކި ކަހަލަ އާޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އެކި ކަހަލަ ލޯނުތަކާއި ގްރާންޓުތައް ދިނުމަކީ ސަރުކާރުގެ ސިޔާސަތު،" ރައީސް ވިދާޅުވި އެވެ.

އެސްއެމްއީ ޑިޖިޓަލްގެ ކޮންޓެންޓް ކްރިއޭޓާ ފައިނޭންސިން ސްކީމް މިހާރު ޓާގެޓުކޮށްފައި ވަނީ ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ފިލްމު ޕްރޮޑިއުސަރުންނަށެވެ. އިސްލާމިކް ފައިނޭންސިން އުސޫލުގެ ދަށުން އެކުލަވާލާފައިވާ އެ ސްކީމްގެ ދަށުން 25,000 ރުފިޔާ އާއި 500,000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ފައިނޭންސިން ދޫކުރެ އެވެ.

މީގެ އިތުރުން، އިސްލާމިކް މައިކްރޯ ފައިނޭންސިންގެ ނަމުގައި ތައާރަފުކޮށްފައިވާ ހާއްސަ ސްކީމެއްގެ ދަށުން ވެސް ކުދި ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލް އިން ލޯނު ދޫކުރެ އެވެ. މި ސްކީމްގެ ދަށުން 100,000 ރުފިޔާ އާ ހަމައަށް ފައިނޭންސިން ހަމަޖައްސައިދޭއިރު، ފައިސާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބެ އެވެ. އަދި މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބިގެންދެ އެވެ.

މި ސްކީމްތަކަކީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިން އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. ސަރުކާރުގެ އަމާޒަކީ މިފަދަ ސްކީމްތަކުގެ ތެރެއިން ހުރިހާ ދާއިރާއެއްގެ ފަންނުވެރިންނަށް ވެސް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

13 ގަޑިއިރު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

19 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02