Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރުމުގައި ތައުލީމީ ފެންވަރަށް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން އައްޔަންކުރުމުގައި ތައުލީމީ ފެންވަރަށް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މުހައްމަދު ޖަމްޝަތު
85 ދުވަސް ކުރިން - 20 އޭޕްރިލް 2026 20:20
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުގެ މިނިސްޓްރީތަކަށް މީގެ ފަހުން އައްޔަނުކުރާ ސްޓޭޓް މިނިސްޓަރުންނަކީ މާސްޓާސް ޑިގްރީ އޮތް ބޭފުޅެއްތޯ އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ޑިގްރީއެއް އޮތް ބޭފުޅެއްތޯ ބަލާނެ

ސަރުކާރުގެ އެކި މިނިސްޓްރީތަކަށް ކުރިމަގުގައި އައްޔަންކުރާ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންގެ ތައުލީމީ ފެންވަރަށް ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރައްވާއިރު ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް ވަރަށް ބޮޑަށް ބައްލަވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ސަރުކާރުގެ މިނިސްޓްރީތަކަށް މީގެ ފަހުން އައްޔަނުކުރާ ސްޓޭޓް މިނިސްޓަރުންނަކީ މާސްޓާސް ޑިގްރީ އޮތް ބޭފުޅެއްތޯ އަދި ޑެޕިއުޓީ މިނިސްޓަރުންނަކީ ޑިގްރީއެއް އޮތް ބޭފުޅެއްތޯ ބަލާނެ އެވެ. މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ހިންގުމަށް ގެންނަވާ ބަދަލުތަކުގެ ތެރެއިން ނިންމެވި ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

"އަޅުގަނޑު ކުރިއަށް އޮތް ތަނުގައި އިތުރަށް ބަލާނަން، މެރިޓް، އެ މީހާގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަށް. މިސާލަކަށް އަޅުގަނޑުގެ ވިސްނުމަކު ކުރިއަށް އޮތް ތަނުގައި ނެތް އެއްގޮތަކަށް ވެސް މިސާލަކަށް ސްޓޭޓް މިނިސްޓަރަކަށް މީހަކު ކޮންމެހެން ލާން ޖެހިއްޖެއްޔާ ލާންޖެހޭ ފަހަރެއްގައި ވެސް އެ މީހާ އަތުގައި މިސާލަކަށް މާސްޓާސް ޑިގްރީއެއް އޮތްތޯ ބެލުން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "ޑެޕިއުޓީ މިނިސްޓަރަކަށް ކޮންމެހެން އެ ތަނަކަށް ބޭނުންވާ މީހަކު ލާންޖެހޭ ހާލަތުގައި ވެސް އެ މީހާ އަތުގައި އެކަމާ ބެހޭ ދާއިރާ އިން ޑިގްރީއެއް އޮތްތޯ ބެލުން. މިކަހަލަ ރަފް މިންގަނޑެއް ގެންގުޅެން އަޅުގަނޑު ވިސްނާފައި މި އޮތީ،" މި ބަދަލާއެކު ގާނޫނުއަސާސީން ލިބިފައިވާ ބާރުގެ ދަށުން ސިޔާސީ މަގާމުތަކަށް އައްޔަން ކުރާއިރު ތައުލީމުގެ އިތުރުން ތަޖުރިބާއަށް ވެސް ބަލާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ޕާފޯމަންސް އަށް ބަލައި ސިޔާސީ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ހަމައެއާއެކު، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓު މަދުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް މިއަދު އިއުލާނު ކުރެއްވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

7 މިނެޓު ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

1 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22