އީރާނުގެ ބަނދަރުތަކަށް ބޯޓުފަހަރު ވަނުމަށް ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި އެމެރިކާ އިން އެކި ބޯޓުފަހަރަށް ހުރަސް އަޅަމުންދާ މައްސަކައިގައި އީރާނުން އަނެއްކާވެސް ހުރްމުޒް ކަނޑުއޮޅި ބަންދު ކޮށްލައިފިއެވެ.
އީރާނުގެ އަސްކަރީ އޮފިޝަލުން ބުނާ ގޮތުގައި ހަތިޔާރާއި އެކު އެ ޤައުމުގެ އަސްކަރިއްޔާ މިހާރު އޮތީ ހުރްމުޒް ކަނޑުއޮޅީގައެވެ. މި ކަނޑުއޮޅި އީރާނުން ބަންދު ކުރީ އެތަން ހުޅުވަން އިޢުލާން ކުރިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ.
ދުނިޔޭގެ ތެޔޮ ޝިޕްމަންޓްތަކުގެ ބޮޑު ބައެއް ގެންދަނީ މި ކަނޑުއޮޅި ހުރަސް ކޮށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ބުނެފައި ވަނީ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ހަނގުރާމަ ކުރާނެ ކަމަށެވެ.










