ލުބުނާނުގެ ހަނގުރާމަ ދިހަ ދުވަހަށް ހުއްޓާލަން ނިންމައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކޮށްފިއެވެ.
މިކަން އިއުލާން ކުރީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ އެކު ވަކިވަކިން މަޝްވަރާ ކުރުމަށް ފަހު އެވެ.
މިކަމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އެމެރިކާ އިންނެވެ.
ހިޒްބުالله ހިމެނޭ ގޮތަށް ލުބުނާނުގެ ސިފައިން ވެސް ވަނީ މި މުއްދަތުގައި ހަމަލާތައް ހުއްޓާލުމަށް އެއްބަސް ވެފައެވެ.










