Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

"ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަކަށް ބަލައިގެނެއް ނޫން"

"ސަރުކާރުން މަޝްރޫއުތައް ކުރިއަށްގެންދަނީ ވޯޓަކަށް ބަލައިގެނެއް ނޫން"

މުހައްމަދު ޖަމްޝަތު
91 ދުވަސް ކުރިން - 15 އޭޕްރިލް 2026 17:04
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް---ފޮޓޯ: މަޖިލިސް
އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބް---ފޮޓޯ: މަޖިލިސް
ޚުލާސާ

މިނިސްޓަރު ވިދާޅުވީ އިންތިހާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެކަމަށް

ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދެނީ އެ ބަޔަކު ދޭ ވޯޓަކަށް ބަލައިގެން ނޫން ކަމަށް ހައުސިން މިނިސްޓަރު ޑޮކްޓަރ ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގައި އިދިކޮޅު ކައުންސިލަރުން އިންތިހާބުވި ރަށްރަށުގެ މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެތޯ މެންބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި މި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިންތިހާބުތަކުގެ ނަތީޖާއަކަށް ނުބަލާނެ ކަމަށާއި ހުރިހާ ރަށެއްގައިވެސް ފަށާފައިވާ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

Advertisement

Advertisement 1

ހާއްސަގޮތެއްގައި ގާދިއްފުށި ކައުންސިލްގެ މެޖޯރިޓީ އިދިކޮޅަށް ލިބުމާ ގުޅިގެން އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިނިސްޓަރު ވަނީ ދޮގުކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، މިހާރުވެސް އެ ރަށުގައި މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ސަރުކާރުގެ ވިސްނުމަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭނީ ރައްޔިތުންދޭ ވޯޓަކަށް ނޫނޭ ކޮންމެހެނެއް. ސަރުކާރުން ކޮމިޓްމަންޓް ވެއްޖެއްޔާ އިރާދަކުރެއްވިއްޔާ އެ މަސައްކަތް ކުރިއަށްގެންގޮސްދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި ބައެއް ކައުންސިލްތަކުގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ދިމާވާ ގޮންޖެހުންތަކަށްވެސް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މާލޭގެ ބޭރު މަގު ހެދުމާއި އައު މާރުކޭޓު އެޅުމުގެ މަސައްކަތަށް މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭނުންވާ ޖަވާބާއި އެއްބާރުލުން ނުލިބުމުގެ ސަބަބުން މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނިންމަވާލައްވަމުން މިނިސްޓަރު މުއްތަލިބު ވަނީ، ސަރުކާރުން ރައްޔިތުންނަށްޓަކައި ކުރިއަށްގެންދާ މަސައްކަތްތަކުގައި ކައުންސިލްތަކުންވެސް އެ ފަރާތްތަކުގެ ޒިންމާ އަދާކޮށް، މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

2 ދުވަސް ކުރިން - 14:14

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު މުއްތަލިބާއި ހައި ކޮމިޝަނަރު ބައްލަވާލައްވައިފި

ބުރިޖުގެ މަސައްކަތް ކުރިއަށްދާގޮތް މުއްތަލިބާއި ހައިކޮމިޝަނަރު ބައްލަވާލައްވައިފި

71 ދުވަސް ކުރިން - 22:37

ނޫސްވެރިކަމަކީ މީހުންގެ އަބުރަށް އަރައިގަނެ އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެންނުވާނެ: މިނިސްޓަރު މުއްތަލިބު

"ނޫސްވެރިކަމަކީ އަބުރަށް އަރައިގަނެ، ކުރާ ވިޔަފާރިއަކަށް ވެގެންނުވާނެ"

78 ދުވަސް ކުރިން - 13:14

ވިލިމާލޭގެ ފުނަގަސްތައް ނުކަނޑައި، އެއް ޓަވަރު އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފި

ފުނަގަސްތައް ނުކަނޑައި ޓަވަރެއް އެހެން ސަރަހައްދަކަށް ބަދަލުކުރަނީ

80 ދުވަސް ކުރިން - 18:45

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ރަސްމާލެ މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

83 ދުވަސް ކުރިން - 17:01

މިނިސްޓްރީތަކުގެ ނަމަށް ބަދަލު ގެނެސް، ފިނޭންސަށް ޒަމީރު އަދި ހައުސިންގްއަށް މުއްތަލިބު އައްޔަނުކުރައްވައިފި

ފިނޭންސަށް ޒަމީރު އަދި ހައުސިންއަށް މުއްތަލިބު އައްޔަނުކުރައްވައިފި

92 ދުވަސް ކުރިން - 19:59