Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

މުހައްމަދު ޖަމްޝަތު
51 ދުވަސް ކުރިން - 15 އޭޕްރިލް 2026 16:45
ވިއްސާރަދުވަހެއްގައި ބަޔަކު ވާރޭތެރޭގައި---ފޮޓޯ:ޚުލާސާ
ވިއްސާރަދުވަހެއްގައި ބަޔަކު ވާރޭތެރޭގައި---ފޮޓޯ:ޚުލާސާ
ޚުލާސާ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާއިރު، ހުކުރު ދުވަހުން ފެށިގެން ވާރޭ ވެހުން މަދުވެ މޫސުން ރަނގަޅުވާން ފަށާނެއެވެ. ނަމަވެސް، ހަފްތާ ބަންދުގައިވެސް އެކި ހިސާބުތަކަށް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Advertisement

Advertisement 1

ވައިގެ ބާރުމިނަށް ބަލާއިރު، އާއްމުގޮތެއްގައި ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 3 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ވިއްސާރަވި ނަމަވެސް އާންމުކޮށް ކަނޑުތައް މަޑުވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވުމާއެކު، ވާރޭ ވެހުނު ނަމަވެސް އިހުސާސް ކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ މޭ މަހުގެ ފަހުކޮޅުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Ad
Ad

ގުޅޭ ޚަބަރުތައް

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

13 ގަޑިއިރު ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

18 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

24 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

24 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

26 ދުވަސް ކުރިން - 18:09

މޫސުމަށް ރައްކާތެރިވެ ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކޮށްފި

ސަލާމަތީ ފިޔަވަޅު ކުރިއާލާ އެޅުމަށްއެދި އެންޑީއެމްއޭގެ އިލްތިމާސްއެއް

27 ދުވަސް ކުރިން - 15:19

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%