Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

އައިޝަތު ރުވާ ރިފްޢަތު
140 ދުވަސް ކުރިން - 12 އޭޕްރިލް 2026 18:54
ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
ވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. / ފޮޓޯ: އެމްއޭސީއެލް
ޚުލާސާ

މި ހަރަކާތްތައް ފެށިގެން ދިޔައީ މިއަދު ހެނދުނު ދިދަނެގުމުގެ ރަސްމިއްޔާތުން. ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި އެކި މުބާރާތްތަކުން ވަނަ ހޯދި ފަރާތްތަކަށް ވަނީ އިނާމު ދީފައި.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް މިއަދު ވީއައިއޭގައި ކުރިއަށް ގެންގޮސްފި އެވެ.

މިއަދުގެ ހަރަކާތްތައް ފެށިގެންދިޔައީ ހެނދުނު 6:00 ގައި ޓާރމިނަލް 1 ކުރިމަތީގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތަކުންނެވެ. ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ. ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ދުވަހާ ގުޅޭ ހާއްސަ ކޭކެއްވެސް ވަނީ ފަޅައިފަ އެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތަށްފަހު ކުންފުނީގެ މެނޭޖުމަންޓުގެ ބޭފުޅުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓަކަށް ޒިޔާރަތް ކުރައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، ދުވަހުގެ ތަހުނިޔާ ވިދާޅުވެ ހިތްވަރު ދެއްވައިފަ އެވެ.

Advertisement

Advertisement 1

ވީއައިއޭގެ 60 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން، ހަވީރު ހާއްސަ ރަސްމިއްޔާތަކާއެކު ހަވީރުގެ ސައެއްވެސް ވަނީ ބާއްވައިފަ އެވެ. މި ރަސްމިއްޔާތުގައި، ވީއައިއޭގެ 60 ވަނަ އަހަރީ ދުވަހުގެ ލޯގޯ ޑިޒައިން ކުރުމަށް ހުޅުވާލި މުބާރާތުން އެއްވަނަ ހޯދި މުވައްޒަފަށާއި، ޑިޕާޓްމަންޓްތަކަށް ހުޅުވާލައިގެން ބޭއްވި ޒީނަތްތެރިކުރުމުގެ މުބާރާތުން އެއްވަނައަށް ދިޔަ ޑިޕާޓްމަންޓަށް ވަނީ ހާއްސަ އިނާމުތަކެއް ދީފަ އެވެ. މި އިނާމުތައް ހަވާލުކޮށްދެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ.

ވީއައިއޭ ހިންގަން ފަށައިގެން 60 އަހަރު ފުރުމަކީ ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި ފާހަގަކޮށްލެވޭ މުހިންމު ލަނޑުދަނޑިއެކެވެ. ވީއައިއޭ ހިންގާ ކުންފުނި، އެމްއޭސީއެލް ވަނީ ފާއިތުވި ދިގު ތާރީހެއްގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ ތަރައްގީ ކުރުމަށާއި، ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އިންތިހާ ދަރަޖައިގެ ހިދުމަތްތަކެއް ކޮށްދީފަ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނާއި ދިވެހިންގެ ދަތުރުފަތުރަށް ލުއިފަސޭހަ ކޮށްދިނުމުގައި ވީއައިއޭ އަދާކުރަމުން އަންނަ ދައުރަކީ ގައުމީ ތަރައްގީގެ ރިކޯޑުތަކުގައި ފެވިފައިވާ ދައުރެކެވެ.

އެމްއޭސީއެލްވެލާނާ އެއާޕޯޓް ޓާމިނަލް 1ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

21 ގަޑިއިރު ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

6 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50