Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

މާލޭގެ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަމަހު ފަށަނީ

މުހައްމަދު ޖަމްޝަތު
140 ދުވަސް ކުރިން - 11 އޭޕްރިލް 2026 12:57
މާލެ ބޭރުތޮށި މަރާމާރުކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް----
މާލެ ބޭރުތޮށި މަރާމާރުކޮށް ނިމޭއިރު އޮންނާނެ ގޮތުގެ ކުރެހުމެއް----
ޚުލާސާ

މި މަޝްރޫއު ނިމުމުން މާލޭގެ އިރުމަތީ ސަރަހައްދަށް ދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ

މާލޭގެ ވަށައިގެންވާ ބޭރުތޮށި މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް އަންނަ މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަކޮށްފިއެވެ.

މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޭޝިޔާ ބައްރުގައި ކޮންސްޓްރަކްޝަން ސައިންސާއި ޑިޒާސްޓާ ރެސިލިއަންސަށް ހާއްސަ ކުންފުންޏެއް ކަމަށްވާ ޖަޕާންގެ ޓޯޔޯ ކޮންސްޓްރަކްޝަން އާ ހަވާލުކޮށްގެންނެވެ.

މާލޭގެ ބޭރުތޮށި މަރާމާތުކުރަން ސަރުކާރުން ނިންމީ ޒަމާންތަކެއްވެފައިވާ މިތޮށިގަނޑަށް އެކިވަރުގެ ގެއްލުންތައްވެފައިވާތީއެވެ. މިހާރު ބޭނުން ކުރެވެމުންދާ ބޭރު ތޮއްޓަކީ 1988 އިން ފެށިގެން 2002 އާ ހަމައަށް ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ބިނާކޮށްފައިވާ ތޮށިގަނޑެކެވެ.

Advertisement

Advertisement 1

މި މަޝްރޫޢަކީ ދިވެހި ސަރުކާރުން ޖަޕާން ސަރުކާރުގެ އެހީތެރިކަމަށް އެދުމުން، އެ ގައުމުން އިޖާބަދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިކަމުގެ އެއްބަސްވުމުގައި ޓޯޔޯ ކުންފުންޏާއެކު ސޮއިކޮށްފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

މަޝްރޫއުގެ ދަށުން ކުރިއަށްދާނެ މުހިންމު މަސައްކަތްތައް:

  1. ރާޅުގަނޑު ސަރަހައްދުން ފެށިގެން ސިޓްރޯން ރެސްޓޯރަންޓާ ހަމައަށްވާ ތޮށިގަނޑު ރީ-ޕްރޮފައިލް ކުރުން
  2. ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު 70 ސެންޓިމީޓަރު އުސްކޮށް، ރީ-ޕްރޮފައިލް ކުރުން
  3. ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައިވާ ތޮށިގަނޑު މަރާމާތުކޮށް ރީ-ޕްރޮފައިލް ކުރުން
  4. މާލޭގެ 16 ޕަމްޕް ސްޓޭޝަނެއް މަރުކަޒީކޮށް މޮނިޓާ ކުރެވޭނެ ނިޒާމެއް ގާއިމުކުރުން

މި މަޝްރޫއު ނިމުމުން ރާޅުގަނޑު ސަރަހައްދުން ފެށިގެން ނޯތު ހާބަރާއި ރަސްފަންނު އަދި ސުނާމީ ބިނާ ހިމެނޭ ސަރަހައްދަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މާލޭގެ އިރުމަތީ ފަރާތަކީ މޫސުން ބަދަލުވާ ދުވަސްވަރު އާދަޔާ ހިލާފަށް އުދައެރުމުގެ މައްސަލަ ބޮޑު ސަރަހައްދަކަށް ވާއިރު، މި މަސައްކަތާއެކު މާލޭގެ މަލަމައްޗަށްވެސް ބޮޑު ބަދަލެއް އަންނާނެއެވެ.

މާލެ ސިޓީމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށް ވުން އެކަށީގެންވޭ: ރައީސް

މާލޭގެ މަގުތައް ހެދުމަކީ އެންމެ ބޮޑު އުމްރާނީ ތަރައްގީއަށްވުން އެކަށީގެންވޭ: ރައީސް

31 ދުވަސް ކުރިން - 01:33

މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

ޓްރެފިކް ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ފަށައިފި

38 ދުވަސް ކުރިން - 23:42