ދުޝްމަނުންގެ އެއްވެސް މިސައިލެއް ވެސް އަދި ޖެޓެއް ވެސް ނުވަތަ ޑްރޯނެއްހާ ހިސާބު ވެސް އީރާނުގެ ވައިގެ ސަރަޙައްދުން ނުފެންނަތާ 24 ގަޑިއިރު ވެއްޖެއެވެ.
.ދުޝްމަނުންގެ އެއްވެސް މިސައިލެއް ވެސް އަދި ޖެޓެއް ވެސް ނުވަތަ ޑްރޯނެއްހާ ހިސާބު ވެސް އީރާނުގެ ވައިގެ ސަރަޙައްދުން ނުފެންނަތާ 24 ގަޑިއިރު ވެއްޖެއެވެ.
އެންމެ ފަހުން ހާދިސާ އެއް ހިނގާފައި ވަނީ ރާއްޖޭގެ ގަޑިން އިއްޔެ ހެނދުނު 11:30 ހާއިރުގައެވެ. އެ ހާދިސާގައި އީރާނުގެ ވައިގެ ސަރަޙައްދަށް ވަދެ އުޅުނު ޑްރޯން ތެހެރާނުގެ ބާރު ތަކުން ވަނީ ވައްޓާލާފައެވެ. ޝައްކު ކުރެވެނީނއެއީ އިޒުރޭލުގެ ޑްރޯނެއް ކަމަށެވެ.
ފުރިހަމަ އެލާޓުގައި އީރާނު އޮތް އިރު، އީރާނުގެ ބޯޑަރުތަކުގެ ބޭރުގައި މިވަގުތު ވެސް ދަނީ ހަމަނުޖެހުން ހިނގަމުންނެވެ. ޚާއްޞަކޮށް ޒައެނިސްޓުންނާއި ލުބުނާނުގެ ޙިޛްބުالله އާއި ދެމުދުގައެވެ.










