އިޒުރޭލުން ލުބުނާނުގެ 254 މީހުން ޝަހީދުކޮށްލައި 1165 މީހުން ޒަޚަމް ކޮށްލައިފިއެވެ.
މި މައްސަލް އާއި ގުޅިގެން އީރާނުން މިހާރު ވަނީ ހުރްމުޒް ވެސް ބަންދުކޮށްލާފައެވެ.


ނަތަންޔާހޫ ބުނީ ލުބުނާނަކީ އީރާނު ހަނގުރާމަ އާއި ގުޅުން ހުރި ޤައުމެއް ނޫނެވެ. ނަމަވެސް ޕާކިސްތާނުން ބުނީ އެ ޤައުމުން މެދުވެރިއެއްގެ ރޯލު ކުޅެގެން ހުރްމުޒް ކަނޑުއޮޅި ހުޅުވީ އީރާނުން ދިން 10 ނުކުތާ އަށް އެމެރިކާ އިން އެއްބަސް ވެގެން ކަމަށާއި، އެ އެއްބަސްވުމުގައި ލުބުނާނަށް ޙަމަލާ ނުދިނުން ހިމެނޭ ކަމަށެވެ.
https://www.khulaasaa.com/post/14426
އިޒުރޭލުން މިއަދު ލުބުނާނަށް ދިން ޙަމަލާގައި ބެއިރޫތުން 92 މީހުން ޝަހީދުވެ، 742 މީހުން ޒަޚަމްވެފައިވެއެވެ. ބެއިރޫތުގެ ދެކުނު ސަބަރބްސް އަށް ދިން ޙަމަލާގައި 61 މީހުން ޝަހީދުވެ، 200 މީހުން ޒަޚަމްވިއެވެ. ބަޢަލްބަކުގެ 18 މީހުން ޝަހީދުވެ، 28 މީހުން ޒަޚަމްވެފައިވެއެވެ. އަލްހަރްމަލުން 9 މީހުން ޝަހީދުވެ 6 މީހުން ޒަޚަމް ވިއެވެ. އަންނަބަޠިޔާގެ 28 މީހުން ޝަހީދުވެ 59 މީހުން ޒަޚަމްބި އިރު، ޢާލިޔާގެ 17 މީހުން ޝަހީދުވެ 6 މީހުން ޒަޚަމްވިއެވެ. މީގެ އިތުރުން ޞީދާ (މިހާރުގެ ގޮތުން ސިޑޯނަ) އިން 12 މީހުން ޝަހީދުވެ 56 މީހުން ޒަޚަމްވިއިރު ޠޫރު އިން 17 މީހުން ޞަހީސުވެ 68 މީހުން ޒަޚަމް ވިއެވެ.








