ލުބުނާނަށް ޙަމަލާ ދޭނަމަ ހުރްމުޒް ބަންދުކޮށްލައި ހަނގުރާމަ އަލުން ފަށަން ޖެހިދާނެ ކަމުގެ ނުސީދަ އިންޒާރެއް އީރާނުން ދީފިއެވެ. އީރާނުގެ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ބެހޭ ކޮމިޝަނުގެ ތަރުޖަމާނު ވިދާޅުވީ ލުބުނާނަށް ޙަމަލާ ދެމުންދާ ޒަޔަނިސްޓުންގެ ސަބަބުން ހަ ގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ޢަމަލު ނުކުރަން ޖެހިދާނެ ކަމަށެވެ. އޭނާ އިޒުރޭލުގެ ދައުލަތް ސިފަ ކުރެއްވީ މެދުއިރުމަތީގައިވާ މޮޔަ ބަލި ޖެހިފައިވާ ކުއްތާއެއްގެ ގޮތުގައެވެ. އަދި ވިދާޅުވީ އެއީ އެ ސަރަޙައްދުގައި ކެންސަރު ބަލި ފަތުރާ ޓިއުމަރެއް ކަމަށެވެ.

އިބްރާހީމް ރިޟާއީ ވިދާޅުވީ ކޮން،ެ ފަދަ ޙާލަތެއްގައި ވެސް އީރާނުން ލުބުނާނު ރައްކާތެރި ކުރާނެ ކަމަށް.
އޭނާ ވިދާޅުވީ ލުބުނާނުގެ ރައްޔިތުން ވަނީ އީރާނަށް ޓަކައި ފުރާނައިން ޤުރުބާން ވެފައި ކަމަށާއި، އެހެން ކަމުން އެންމެ ހިނދުކޮޅަކަށް އީރާނުން ވެސް ލުބުނާނުގެ ރައްޔިތުން ދޫކޮށެއް ނުލާނެ ކަމަށެވެ.










