Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ހޫނުގަދަ ދުވަސްތަކަކަށްފަހު، އަންގާރައިން ފެށިގެން ވިއްސާރަ ކުރާނެ!

ހޫނުގަދަ ދުވަސްތަކަކަށްފަހު، އަންގާރައިން ފެށިގެން ވިއްސާރަ ކުރާނެ!

މުހައްމަދު ޖަމްޝަތު
153 ދުވަސް ކުރިން - 5 އޭޕްރިލް 2026 14:54
ވިއްސާރަ ދުވަހެއް. ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ---ފޮޓޯ: ޚުލާސާ
ވިއްސާރަ ދުވަހެއް. ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން ވިއްސާރަކުރާނެ ކަމަށް މެޓް އޮފީހުން ބުނޭ---ފޮޓޯ: ޚުލާސާ
ޚުލާސާ

މެޓް އޮފީހުން ބުނި ގޮތުގައި ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެނީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތުތަކުގަ

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހޫނުގަދަ ދުވަސްތަކަކަށް ފަހު، ކުރިއަށް އޮތް އަންގާރަ ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން މި ހަފުތާގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެއެވެ. މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވެނީ ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އަދި ބުދަ ދުވަހުން ފެށިގެން އުތުރުގެ ސަރަހައްދުތަކަށް ވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މެޓުން ހާމަކުރި ގޮތުގައި، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 4 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް ވެސް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. މި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.

Advertisement

Advertisement 1

މި ހަފުތާގައި ވިއްސާރަ ކުރި ނަމަވެސް، ހޫނު މޫސުން އަދި ނުނިމޭ ކަމަށް މެޓް އޮފީހުން ފާހަގަކުރެއެވެ. ދޭތެރެއަކުން ވިއްސާރަ ކުރިޔަސް، އެޕްރީލް މަހުގެ ނިޔަލަށް ހޫނުގަދަ ވާނެ ކަމަށާއި އަދި މިހާރު ކުރަން އުޅޭ ވިއްސާރައަކީ މާ ދިގުދެމިގެންދާނެ ވިއްސާރައެއް ނޫން ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މިއީ ރާއްޖެއަށް އާންމުކޮށް ވެސް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށްވާއިރު، މިދިޔަ މަހުން ފެށިގެން އިހުސާސް ކުރެވޭ ހޫނުމިން ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. މިހާރު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް އިހުސާސް ކުރެވޭ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން ބުނެފި

ދުނިޔެ ހޫނުވާ މިންވަރު، ކަނޑައަޅާފައިވާ އިމަށްވުރެ މައްޗަށް ދާނެކަމަށް އދ. އިން

4 ދުވަސް ކުރިން - 12:47

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

ކާރިސާތަކުން ސަލާމަތްވާން ނޭޕާލުން ކޮންމެ 10 މިނެޓަކުން ޗައިނާގެ އެހީއަށް އެދެނީ!

6 ދުވަސް ކުރިން - 08:59

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ ހޫނުމިން މަތިވާނެތީ ދުރާލާ ތައްޔާރުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި

އެލް-ނީނޯގެ ބާރު ގަދަވެ ރާއްޖޭގެ މޫސުމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ

9 ދުވަސް ކުރިން - 11:04

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

26 ދުވަސް ކުރިން - 08:47

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

ހއ. އަތޮޅުން ފެށިގެން މ. އަތޮޅަށް ޔެލޯ އެލާޓް!

37 ދުވަސް ކުރިން - 09:58

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

64 ދުވަސް ކުރިން - 12:19