Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ލުބުނާނުގެ އަސްކަރިއްޔާއަށް 39 އަސްކަރީ އުޅަނދު ފުރާންސުން ހަދިޔާކޮށްފި

ލުބުނާނުގެ އަސްކަރިއްޔާއަށް 39 އަސްކަރީ އުޅަނދު ފުރާންސުން ހަދިޔާކޮށްފި

ހުސައިން އިސްމާއިލް
62 ދުވަސް ކުރިން - 5 އޭޕްރިލް 2026 00:37
ފުރާންސުން ލުބުނާނަށް ފޯރުކޮށްދިނީ  "ވީބީއެލް" (VBL) މަރުކާގެ ހަތިޔާރު އެޅި އުޅަނދުތަކެއް.
ފުރާންސުން ލުބުނާނަށް ފޯރުކޮށްދިނީ "ވީބީއެލް" (VBL) މަރުކާގެ ހަތިޔާރު އެޅި އުޅަނދުތަކެއް.
ޚުލާސާ

ފަރަންސޭސިވިލާތުން ދަނީ މެދުނުކެނޑި އެ ގައުމުގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން.

ފަރަންސޭސިވިލާތުގެ ސަރުކާރުން ލުބުނާނުގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އެހީތެރިވުމުގެ ގޮތުން 39 އަސްކަރީ އުޅަނދު އެ ގައުމަށް ފޯރުކޮށްދީފިއެވެ.

މި އުޅަނދުތައް ލުބުނާނުގެ އަސްކަރިއްޔާއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބައިރޫތުގެ ބަނދަރުގައެވެ. މި ރަސްމިއްޔާތުގައި ލުބުނާނުގައި ހުންނަވާ ފަރަންސޭސި ސަފީރާއި ލުބުނާނުގެ އަސްކަރިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެހީގެ ދަށުން ފޯރުކޮށްދީފައިވަނީ "ވީބީއެލް" (VBL) މަރުކާގެ ހަތިޔާރު އެޅި އުޅަނދުތަކެކެވެ. މި އުޅަނދުތަކަކީ ލުބުނާނުގެ ސިފައިން ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށާއި، ބޯޑަރުތައް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ދެ ގައުމުން ފާހަގަކުރެއެވެ.

Advertisement

Advertisement 1

ފަރަންސޭސިވިލާތުން މިފަދަ އެހީއެއް ފޯރުކޮށްދީފައިވަނީ ލުބުނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުގެ ސަބަބުން އެ ގައުމުގެ އަސްކަރިއްޔާ ހިންގުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމުގެ މަގްސަދުގައެވެ. ލުބުނާނުގެ ހަމަޖެހުމަކީ މުޅި ސަރަހައްދުގެ ސަލާމަތަށް މުހިންމު ކަމެއް ކަމަށް ވާތީ، ފަރަންސޭސިވިލާތުން ދަނީ މެދުނުކެނޑި އެ ގައުމުގެ އަސްކަރިއްޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިދިޔަ އަހަރުތަކުގައިވެސް ފަރަންސޭސިވިލާތުން ވަނީ ލުބުނާނުގެ އަސްކަރިއްޔާއަށް ބޭނުންވާ ތަމްރީނާއި، މާލީ އެހީތެރިކަމުގެ އިތުރުން ތަފާތު އަސްކަރީ ސާމާނު ފޯރުކޮށްދީފައެވެ.

ލުބްނާންފްރާންސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އިސްރާއީލުން ލުބުނާނުގެ 3 ސިފައިންގެ ޝަހީދުކޮށްލައިފި

އިސްރާއީލުން ލުބުނާނުގެ 3 ސިފައިންގެ ޝަހީދުކޮށްލައިފި

3 ގަޑިއިރު ކުރިން - 16:06

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

އިޒުރޭލު “ނަރަކައަކަށް” ހަދާލަން ތައްޔާރު: އީރާން

9 ގަޑިއިރު ކުރިން - 10:43

ވޯލްޑް ކަޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، އައިވަރީ ކޯސްޓް އަތުން ބަލިވެއްޖެ

ވޯލްޑް ކަޕުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ފްރާންސް، އައިވަރީ-ކޯސްޓް އަތުން ބަލިވެއްޖެ

1 ދުވަސް ކުރިން - 04:53

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަށް އާ އޮނިގަނޑެއް އިއުލާންކޮށްފި

2 ދުވަސް ކުރިން - 11:09

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް ހިޒްބުاللهއިން ފޮނުވައިފި

އިޒުރޭލު ސިފައިން އެއްވެފައި ތިބި ތަންތަނަށް ރޮކެޓުގެ ރާޅެއް

2 ދުވަސް ކުރިން - 07:17

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު 5 މީހުން ޝަހީދުވެއްޖެ

3 ދުވަސް ކުރިން - 03:12