Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފަށައިފި

މުހައްމަދު ޖަމްޝަތު
149 ދުވަސް ކުރިން - 4 އޭޕްރިލް 2026 14:00
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުން---ފޮޓޯ:އެމްއޭސީއެލް
ވީއައިއޭގެ ޓެކްސީވޭ-ޗާލީ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުން---ފޮޓޯ:އެމްއޭސީއެލް
ޚުލާސާ

ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް އާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫއަކީ އެއާޕޯޓުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީއައިއޭގެ ތަރައްގީގެ ބޮޑެތި މަސައްކަތްތައް މީގެ ކުރިންވެސް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާއެވެ. އެ ކުންފުންޏާއެކު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 10 އޭޕްރިލް 2025 ގައެވެ.

އެމްއޭސީއެލް އިން މައުލޫމާތު ދޭގޮތުގައި ޖުމްލަ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ ދަށުން ޓެކްސީވޭ-ޗާލީގެ 1,100 މީޓަރުގެ ސަރަހައްދެއް އަލުން ތަރައްގީ ކުރާނެއެވެ. ތާވަލުކޮށްފައިވާ ގޮތުން މި ފިޔަވަހީގެ މަސައްކަތްތައް މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެއެވެ.

Advertisement

Advertisement 1

3,200 މީޓަރުގެ ދިގުމިން ހުންނަ ޓެކްސީވޭ-ޗާލީއަކީ ތާރީހީ ގޮތުން ބަލާއިރު 1976 ވަނަ އަހަރު ހެދި ވީއައިއޭގެ އެންމެ ފުރަތަމަ ރަންވޭއެވެ. މި ރަންވޭ ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ފެންވަރަށް ތަރައްގީ ކުރީ 1981 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކި ފަހަރު މަތިން ރަންވޭ ދިގުކޮށް މަރާމާތު ކުރެވިފައިވާއިރު، ހާއްސަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތަކާ ގުޅިގެން ގިނަ މަރާމާތުތަކެއް ކުރަން ޖެހުނެވެ.

މި ރަންވޭ ޓެކްސީވޭއަކަށް ބަދަލުކޮށްފައިވަނީ އޮކްޓޯބަރު 2022 ގައެވެ. އެއީ މިހާރު ވީއައިއޭގައި ބޭނުންކުރަމުން އަންނަ އާ ކޯޑް އެފް ރަންވޭ ބޭނުންކުރަން ފެށުމާ ގުޅިގެންނެވެ. މިހާރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއު ނިމުމުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްއެމްއޭސީއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

21 ގަޑިއިރު ކުރިން - 19:52

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

6 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވެއްޖެ

ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމަށް އެމްއޭސީއެލްއިން ރަޝިއާއަށް

12 ދުވަސް ކުރިން - 10:06

ރާޔާ އެއާވޭސް އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

ރާޔާ އެއާވޭސް އިން ރާއްޖެއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި

17 ދުވަސް ކުރިން - 16:50