Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިއަދު މާލެ ސަރަހައްދުގެ ހޫނު މިނުގައި 37 ޑިގްރީ ހުންނާނެ

މިއަދު މާލެ ސަރަހައްދުގެ ހޫނު މިނުގައި 37 ޑިގްރީ ހުންނާނެ

ހައްވާ މިރުފާ
108 ދުވަސް ކުރިން - 4 އޭޕްރިލް 2026 13:44
މިދުވަސްވަރު މާލެ ސަރަހައްދުގައި ތަޖުރިބާ ކުރަމުން އަންނަ ހޫނު މިން---ފޮޓޯ:ޚުލާސާ
މިދުވަސްވަރު މާލެ ސަރަހައްދުގައި ތަޖުރިބާ ކުރަމުން އަންނަ ހޫނު މިން---ފޮޓޯ:ޚުލާސާ
ޚުލާސާ

މާލެ ސަރަހައްދުގެ ހޫނު މިން މިއަދު ހުރީ 37.3 ޑިގްރީގަ، ހޫނުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުން މުހިންމު

މިއަދު މާލެ ސަރަހައްދަށް އާދަޔާ ހިލާފަށް ހޫނު ވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އިހުސާސްކުރެވޭ ހޫނުމިން މިވަގުތު ހުރީ އެވްރެޖުކޮށް 35 ޑިގްރީ ސެލްސިއަސްގަ އެވެ.

އެގޮތުން މެޓް އޮފީހުން މިއަދު ހެނދުނު 11:00 ޖެހި އިރު ނެރުނު ރެކޯޑުތަކަށް ބަލާއިރު އެންމެ ބޮޑާ ހޫނު މިން އިހުސާސްކުރެވޭނީ މާލެ ސަރަހައްދަށެވެ. އެއީ 37.3 ޑިގްރީ ސެލްސިއަސްގެ ހޫނު މިނެކެވެ.

Advertisement

Advertisement 1

އަދި އަތޮޅު ތެރޭގައި ހޫނު މިންހުރި މިންވަރަށް ބަލާއިރު :

  1. ހދ. ހަނިމާދޫ: 36.4 ޑިގްރީ ސެލްސިއަސް
  2. ލ. ކައްދޫ: 36.4 ޑިގްރީ ސެލްސިއަސް
  3. ގދ. ކާޑެއްދޫ: 35.9 ޑިގްރީ ސެލްސިއަސް
  4. އައްޑޫގައި 35.6 ޑިގްރީ ސެލްސިއަސް

ފާހަނގަކޮށްލަން ޖެހޭ ކަމަކީ މިއަދަކީ ގިނަ އަދަދެއްގެ އާއްމުން ބޭރަށް ނިކުމެ އުޅެން ޖެހޭ ދުވަހަކެވެ. މިއަދު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ވޯޓުލުން މިއަދު ކުރިއަށް ދާނެ އެވެ. އަދި އެތަށް އިރެއް ވަންދެން ކިއުގާ މަޑުކުރަން ޖެހޭ ފަހަރު ވެސް އަންނާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެހެންކަމުން މިއަދަކީ ގިނަ ވަގުތު ބޭރުގައި އުޅެން ޖެހިދާނެ ދުވަހަކަށް ވާއިރު ހޫނު ގަދަ ވުމުގެ ސަބަބުން ޑީހައިޑްރޭޓްވުން ފަދަ ކަންކަމުން ސަލާމަތްވުމަށް ފިޔަވަޅުތައް އެޅުން މުހިންމެވެ.

އެގޮތުން ގިނައިން ފެން ބުއިމާއި އަވިން ސަލާމަތްވުމާއި ހެނދުނު 10:00 އާއި ހަވީރު 04:00 އާ ދެމެދު އަވީގައި އުޅުން މަދުކުރުމާއި ކުޑަ އެޅުމާއި އަދި ސަން ސްކްރީން ބޭނުންކުރުމަކީ ހޫނުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅެކެވެ. ހަމައެހެންމެ ހެދުން އެޅުމުގައި ވެސް ލުއި ނުވަތަ ކުލަ ފަނޑު އަދި ދޫ ހެދުން އެޅުމާއި ތޮފި އެޅުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

މިހާތަނަށް ހޫނު މިން އެންމެ މައްޗަށް ގޮސްފަ 2024 ވަނަ އަހަރުގެ 1 އެޕްރިލްގަ އެވެ. އެ މިންވަރަށް އޭރު ހޫނު މިން އިހުސާސްކުރީ މާލެ ސަރަހައްދުން އެކަންޏެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)މޫސުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރަށް ހުދު ސަމާލު ނެރެފި

ކަނޑުތައް ގަދަވެ ވައިގަދަވާނެ ކަމަށް ލަފާކޮށް އުތުރަށް ހުދު ސަމާލު ނެރެފި

17 ދުވަސް ކުރިން - 12:19

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ބޮޑުބަޔަކަށް މިއަދުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

46 ދުވަސް ކުރިން - 12:25

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވާނެ: މެޓު

64 ދުވަސް ކުރިން - 14:36

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދެކުނާއި މެދުރާއްޖެތެރެއަށް އުދައެރުން އެކަށީގެންވޭ: މެޓް

70 ދުވަސް ކުރިން - 22:50

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނެރުނު ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

ވައިޓް އެލާޓްގެ ވަގުތު އިތުރުކޮށްފި

70 ދުވަސް ކުރިން - 22:30

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

ރާއްޖެއަށް ހުޅަނގު މޫސުން ލައިގަނެފި

72 ދުވަސް ކުރިން - 18:09