ޕަބްލިކް ސާވިސް މީޑިއާގެ އެމްޑީ ކަމަށް މުހައްމަދު ސައީދު އައްޔަން ކުރައްވައިފި

އުސްތާޛް އަލީ އާދަމް | 422 ދުވަސް ކުރިން - 24 އޯގަސްޓް 2024 00:18
މުހައްމަދު ސައީދު - ފޮޓޯ: ޕީއެސްއެމް
މުހައްމަދު ސައީދު - ފޮޓޯ: ޕީއެސްއެމް
ޚުލާސާ

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބޯލްޓަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސައީދު ވަނީ މީޑިއާ ވެސް ކިޔަވައި، ލަންޑަންގެ މީޑިއާ ޕްރޮޑަކްޝަން ސާވިސް އިން ޓެލެވިޝަން ޕްރޮޑަކްޝަން އެންޑް ޑައިރެކްޝަން ޓެކްނިކްސްގެ އެޑްވާންސް ޑިޕްލޮމާ ފުރިހަމަ ކުރައްވާފަ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މުހައްމަދު ސައީދު އައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ސައީދު އައްޔަންކުރީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕްރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެދަށުންނެވެ. 

މިކަމާއި ގުޅިގެން ޕްރައިވެޓައިޒޭޝަން ބޯޑުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ސަޢީދު އައްޔަނުކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރ އަދި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށެވެ.

މުޅި ހަޔާތުގައި ސަރުކާރުގެ އެކި މަގާމުތައް ފުރުއްވާފައިވާ ސައީދަކީ ތަޖުރިބާ ބޭފުޅެކެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަދި ޑިރެކްޓަރ ޖެނެރަލްގެ އިތުރުން މީޑިއާ އޮފިސަރެއްގެ މަގާމު އަދާކުރައްވައި، ސަރުކާރުގެ އެތައް ކޮމިޓީތަކެއްގައި ކޮންޓްރިބިއުޓް ކުރައްވައި، އާސަންދަ ބޯޑުގައި ހިމެނިވަޑައިގެންފައިވާ ސައީދަކީ ގާބިލް ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބޯލްޓަން އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައިވާ ސައީދު ވަނީ މީޑިއާ ވެސް ކިޔަވައި، ލަންޑަންގެ މީޑިއާ ޕްރޮޑަކްޝަން ސާވިސް އިން ޓެލެވިޝަން ޕްރޮޑަކްޝަން އެންޑް ޑައިރެކްޝަން ޓެކްނިކްސްގެ އެޑްވާންސް ޑިޕްލޮމާ ފުރިހަމަ ކުރައްވާފަ އެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އޭނާ އައްޔަން ކުރިއިރު އެމަގާމުގައި ކުރިން ހުރި ޒީނާޒާހިރު ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%