ރަޝިއާ އަސްކަރިއްޔާގެ މަތިންދާބޯޓެއް ވެއްޓި 29 މީހުން މަރުވެއްޖެއެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ މި ބޯޓު ވެއްޓުނީ ކްރެއިމިއަން ޕެނިންސުލާ އަށް ކަމަށާއި އޭގައި 23 ސިފައިންނާއި ހަފަޅުވެރިން ތިބި ކަމަށެވެ.
ޚަބަރުތައް ބުނާ ގޮތުގައި މި ބޯޓުން ދިރި ހުރި އެކަކު ވެސް ސާޗް އެންޑް ރެސްކިއު ޓީމުތަކަށް ފެނިފައެއް ނުވެއެވެ.
ވެއްޓުނު ބޯޓަކީ އެން-26 އެވެ. މި ހާދިސާ ހިނގީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ރަޝިއާގެ ސަލާމަތާއި ބެހޭ މިނިސްޓްރީން ބުނެއެވެ.
ސޯވިއެޓްގެ ޒަމާނުގައި އުފައްދަން ފެށި އެން-26 އަކީ އެންމެ ދަތި އުނދަގޫ ވަގުތު ތަކުގައި ވެސް ފަސޭހަ ކަމާއި އެކު ގެންގުޅެވޭ މަތިންދާބޯޓު ތަކެވެ. މީގެ ގިނަ މަތިންދާބޯޓުތަކަކީ މުސްކުޅި ބޯޓުތައް ކަން ފާހަގަ ކުރެވެއެވެ.
2018 ވަނަ އަހަރު ސީރިއާގައި ވެސް މި ކުންފުނީގެ ބޯޓެއް ވެއްޓި އޮނަސާޅީސް މީހުން މަރުވިއެވެ. އޭގެ ދެއަހަރު ފަހުން ޔުކްރޭނުގައި ވެސް ހަމަ މީގެ މުސްކުޅި ބޯޓެއް ވެއްޓި 28 މީހުން މަރުވި ކަން ފާހަގަ ކުރެވެއެވެ.










