ބީއެމްއެލްގެ ބޯޑުން އައިޝާ ވަކިކޮށްފި

ހުސައިން އިސްމާއިލް | 422 ދުވަސް ކުރިން - 25 އޯގަސްޓް 2024 05:53
އައިޝަތު ނޫރައްދީން
އައިޝަތު ނޫރައްދީން
ޚުލާސާ

ބީއެމްއެލްގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އައިޝަތު ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ 1982 ގައެވެ. އޭނާ މިހާތަނަށް އައިއިރު 40 އަށްވުރެ ގިނަ އަހަރު ބީއެމްއެލް އަށް ހިދުމަތް ކުރެއްވި

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި މިހާރު ހުންނެވި އައިޝަތު ނޫރައްދީން ބޯޑު މެމްބަރުކަމުން ވަކިކޮށްފިއެވެ.

ބޭންކުގެ ބޯޑުން ނޫރައްދީން ވަކިކުރި ސަބަބެއް އަދި ނޭނގެއެވެ. 

2022ވަނަ އަހަރު ބޭންކު ހިންގަން ނޫރައްދީނާއި ޙަވާލުކުރިއިރު އެއަހަރު އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެނާ އައްޔަންކުރިކަން ފާހަގަކުރެވެއެވެ. އެއީ އޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އައިޝަތު ނޫރައްދީން ބީއެމްއެލްގައި ހިދުމަތް ކުރައްވަމުން ގެންދަވާތާ ގިނަ އަހަރުތަކެއް ވަނީ ވެފައެވެ. އައިޝަތު ބީއެމްއެލްއާ ގުޅިވަޑައިގެންނެވީ 1982 ގައެވެ. އޭނާ މިހާތަނަށް އައިއިރު 40 އަށްވުރެ ގިނަ އަހަރު ބީއެމްއެލް އަށް ހިދުމަތް ކުރެއްވިއެވެ.

އައިޝަތު ނޫރައްދީން ވަނީ ބީއެމްއެލްގެ ބޯޑްގައި 8 އަހަރު ހިދުމަތް ކުރައްވައިފައެވެ. އަދި ބީއެމްއެލްގެ އިންޓަނޭޝަނަލް ބޭންކިން އުފެއްދުވުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%