Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕާކިސްތާނުން އިސްނަގައިގެން އެމެރިކާއާއި އީރާނުގެ ގުޅުން ރަނގަޅުކުރުމަށް މަޝްވަރާތަކެއް ފަށައިފި

ޕާކިސްތާނުން އިސްނަގައިގެން އެމެރިކާއާއި އީރާނުގެ ގުޅުން ރަނގަޅުކުރުމަށް މަޝްވަރާތަކެއް ފަށައިފި

ހުސައިން އިސްމާއިލް
118 ދުވަސް ކުރިން - 29 މާޗް 2026 18:58
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރާ ސަލާމްކުރައްވަނީ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު އިސްޙާޤު ދާރު، ތުރުކީވިލާތުގެ ޚާރިޖީ ވަޒީރާ ސަލާމްކުރައްވަނީ.
ޚުލާސާ

މި އިސްނެގުމުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ މަސްރަހު ރަނގަޅުކުރުން. އަދި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން.

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، ޚާރިޖީ ގުޅުންތައް ބަދަހިކުރުމަށް ބާރުއެޅުމުގެ ގޮތުން ހަތަރު ގައުމެއް ބައިވެރިވާ މުހިންމު މަޝްވަރާތަކެއް ޕާކިސްތާނުން މިއަދު ފަށައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށި މި ބައްދަލުވުމަކީ ސަރަހައްދީ ހަމަޖެހުމާއި، ދުނިޔޭގެ ސަލާމަތަށްޓަކައި އެމެރިކާއާއި އީރާނުން ޑިޕްލޮމެޓިކް މަގުން މައްސަލަތައް ހައްލުކުރުމަށް ބާރުއެޅުމުގެ މަގުސަދުގައި ބޭއްވޭ ބައްދަލުވުމެކެވެ. މި މަޝްވަރާތަކުގައި ޕާކިސްތާނުގެ އިތުރުން ސަރަހައްދީ ބާރުތަކެއް ކަމަށްވާ ޗައިނާ، ސައުދީ އަރަބިއްޔާ އަދި ތުރުކީވިލާތުން ބައިވެރިވެއެވެ.

ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި އިސްނެގުމުގެ މައިގަނޑު ބޭނުމަކީ މެދުއިރުމަތީގެ މަސްލަހަތު ގޯސްވަމުންދާ ދަނޑިވަޅެއްގައި، ދެ ގައުމުގެ ދެމެދުގައި އޮތް ދެބަސްވުންތަކަށް ސުލްހަވެރި ހައްލެއް ހޯދައިދިނުމެވެ. ޚާއްސަކޮށް ނިއުކްލިއާ މައްސަލައާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މި ބައްދަލުވުމުގައި ބާރުއަޅާނެއެވެ.

Advertisement

Advertisement 1

މި މަޝްވަރާތަކާ ގުޅޭގޮތުން ސިޔާސީ ދިރާސާކުރާ ފަރާތްތަކުން ބުނަނީ، މިއީ މުސްލިމް ގައުމުތަކުން އިސްނަގައިގެން ބައިނަލްއަގުވާމީ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމަށް ހެޔޮ ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.

ޕާކިސްތާނުން މިފަދަ ބައްދަލުވުމެއް އިންތިޒާމުކޮށްފައި މިވަނީ، އެމެރިކާއާއި އީރާނުގެ ގުޅުން އިތުރަށް ގޯސްވެ، އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. މި ބައްދަލުވުމުގެ ނަތީޖާއަށް މުޅި ދުނިޔެއިން މިހާރު އަންނަނީ ފާރަވެރިވަމުންނެވެ.

ޕާކިސްތާންއީރާން ކްރައިސިސް 2026މެދުއިރުމަތި
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

8 ގަޑިއިރު ކުރިން - 20:07

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން އެދިއްޖެ، އީރާނުން ބުނީ ނޫނެކޭ

1 ދުވަސް ކުރިން - 16:04

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

ސައުދީއާއި އިރާގުގައި ހުރި އެމެރިކާގެ ސީއައިއޭ މަރުކަޒުތަކަށް އީރާނުން ހަމަލާ ދީފި

1 ދުވަސް ކުރިން - 10:25

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

އީރާނުން އެމެރިކާގެ ދެސިފައިން މަރާލައިފި

5 ދުވަސް ކުރިން - 22:44

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

އީރާނުން އަނެއްކާވެސް އެމެރިކާގެ ވައިގެ އުޅަނދެއް ވައްޓާލައިފި

6 ދުވަސް ކުރިން - 22:05

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

ކުވެއިތުން ބޭނުންވަނީ ޕާކިސްތާނުގެ ހަތިޔާރާއި އެތައް ހާސް ސިފައިންގެ އެހީތެރިކަން

6 ދުވަސް ކުރިން - 13:25