އީރާނުން ސަރަޙައްދީ ޤައުމުތަކަށް އެއްގަމު މަގުން ޒަމާނީ ހަތިޔާރާއި އަސްކަރީ ސާމާނު ފޮނުވާ ސަޕްލައި ލައިންތައް ބަންދުކުރުމަށްޓަކައި، އެމެރިކާގެ މެދުތެރޭ ކޮމާންޑް އިން "ޓާސްކް ފޯސް އަޔަން ގޭޓް"ގެ ނަމުގައި އާ ޚާއްޞަ އަސްކަރީ ޔުނިޓެއް އުފައްދައިފިއެވެ.
މި އާ ޓާސްކް ފޯސްގައި އަސްކަރީ އަދި މާލީ 20 މާހިރުން ހިމެނޭއިރު، އެމީހުން ބަލާނީ އިރާޤާއި ސީރިއާގެ ބޯޑަރުތައް މެދުވެރިކޮށް ހިންގާ ހަތިޔާރުގެ މުޢާމަލާތްތައް ހުއްޓުވޭނެ ގޮތްތަކެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ކަނޑުގެ ބަންދާ އެކު މި އެއްގަމު ބަންދު ތަންފީޛުވުމުން އީރާނު މުޅިން އެކަހެރިވާނެ ކަމަށެވެ.
ނަމަވެސް، މެދުއިރުމަތީގެ މަސްރަޙު ދިރާސާކުރާ ބައިނަލްއަޤްވާމީ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، އެމެރިކާގެ މި ފިޔަވަޅުގެ ސަބަބުން ސީރިއާއާއި ޢިރާޤުގައި ތިބި އީރާނަށް ތާއީދުކުރާ ޖަމާޢަތްތަކުން އެމެރިކާގެ ބޭސްތަކަށް ކުއްލި ރައްދު ހަމަލާތަކެއް ދީ، ހަނގުރާމަ މުޅި ސަރަޙައްދަށް ފުޅާވެގެން ހިނގައިދާނެއެވެ.


