Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޔަމަނުގެ ހޫޘީން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފި

ޔަމަނުގެ ހޫޘީން އިސްރާއީލަށް މިސައިލް ހަމަލާތަކެއް ދީފި

ހުސައިން އިސްމާއިލް
107 ދުވަސް ކުރިން - 28 މާޗް 2026 15:08
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގެ އައްސޭރިފަށުގައި އަސްކަރީ ހަރަކާތެއްގައި.
ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ރަތްކަނޑުގެ އައްސޭރިފަށުގައި އަސްކަރީ ހަރަކާތެއްގައި.
ޚުލާސާ

އިސްރާއީލުން ބުނެފައިވަނީ އެ މިސައިލް ހަމަލާތައް ގޮއްވާލާފައިވާ ކަމަށް. ނަމަވެސް ބައެއް މިސައިލްތައް އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތަކުން ބުނޭ.

ޔަމަނުގައި ހަރަކާތްތެރިވާ ހޫޘީ ހަނގުރާމަވެރިން، އިސްރާއީލަށް އަމާޒުކޮށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިކަމަށް އެ ޖަމާއަތުން މިއަދު އިއުލާންކޮށްފިއެވެ. މި ހަމަލާއަކީ އީރާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި ދެވުނު ހަމަލާއެކެވެ.

ހޫޘީންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އިސްރާއީލުގެ މުހިންމު ސަރަހައްދުތަކަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް ވަނީ ފޮނުވާލާފައެވެ. މި ހަމަލާތައް ދީފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އަނިޔާތަކާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންނާއި، އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް އެ ޖަމާއަތުން ބުނެއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ ދިފާއީ ބާރުތަކުން ބުނެފައިވަނީ ޔަމަނުން އައި ބައެއް މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. ނަމަވެސް ބައެއް މިސައިލްތައް އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ހަމަލާއަކީ މި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ދާއިރާ އިތުރަށް ފުޅާވެ، މުޅި މެދުއިރުމައްޗަށް އޭގެ ނުރައްކާ ކުރިމަތިވެފައިވާ ކަމުގެ ހެއްކެކެވެ.

Advertisement

Advertisement 1

ޔަމަނުގެ ހޫޘީންނަކީ ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، އިސްރާއީލާ ދެކޮޅަށް އަމަލީ ގޮތުން މަސައްކަތް ކުރަމުންދާ ބައެކެވެ. ހާއްސަކޮށް ރަތްކަނޑުގެ ސަރަހައްދުގައި އިސްރާއީލާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ހޫޘީން ދެމުންދާ ހަމަލާތަކުގެ ސަބަބުން ބައިނަލްއަގުވާމީ ވިޔަފާރިއަށްވެސް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

އީރާނާއި އިސްރާއީލުގެ ކުރިމަތިލުންތައް ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި، ހޫޘީންގެ މި ހަމަލާއާއެކު މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ޔަމަންހޫޘީ ޖަމާޢަތްއިސްރާއީލް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި، ހޫޘީން ބެލިސްޓިކް މިސައިލް ފޮނުވާލުމާއެކު މަޝްރަހު ގޯސްވެއްޖެ

ޔަމަނުގެ ސަރުކާރުން ސަންޢާ އެއާޕޯޓަށް ހަމަލާދީފި

6 ގަޑިއިރު ކުރިން - 00:36

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

އިސްރާއީލުގެ ނުކުޅެދޭ ސިފައިންގެ އަދަދު 1 ލައްކަ އަށް އަރަނީ

15 ގަޑިއިރު ކުރިން - 14:51

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

2 ދުވަސް ކުރިން - 11:26

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

އިސްރާއީލުގެ ސިފައިންގެ މީހަކު އަމިއްލައަށް މަރުވެއްޖެ

4 ދުވަސް ކުރިން - 13:08

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް އަރައިފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 4،303 އަށް

9 ދުވަސް ކުރިން - 21:30

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

ޣައްޒާ ހަނގުރާމަ އަށް 1000 ދުވަސް، އިޒުރޭލުގެ މަޤްޞަދު ޙާޞިލެއް ނުވި

9 ދުވަސް ކުރިން - 11:40