Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި ސަރުކާރުން އަޅާ އަގުހެޔޮ ފުލެޓުތަކުގެ މަހު ކުއްޔަކީ 10،000 ރުފިޔާ

މި ސަރުކާރުން އަޅާ އަގުހެޔޮ ފުލެޓުތަކުގެ މަހު ކުއްޔަކީ 10،000 ރުފިޔާ

އައިޝަތު ރުވާ ރިފްޢަތު
157 ދުވަސް ކުރިން - 25 މާޗް 2026 16:18
އެފޯޑަބަލް ހައުސިން ޔުނިޓުގެ މަޝްރޫއު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ބެއްލެއްވުމަށް ރައީސުލްޖުމްހީއްޔާ ޑރ. މުޢިއްޒު އެ ސަރަހައްދަށް ވަޑައިގަތުން---
އެފޯޑަބަލް ހައުސިން ޔުނިޓުގެ މަޝްރޫއު ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ބެއްލެއްވުމަށް ރައީސުލްޖުމްހީއްޔާ ޑރ. މުޢިއްޒު އެ ސަރަހައްދަށް ވަޑައިގަތުން---
ޚުލާސާ

މި ފުލެޓުތަކަށް ކަނޑައަޅާފައިވާ 10،000 ރުފިޔާގެ ކުއްޔަކީ މިހާރު މާލެ ސަރަހައްދުގެ ކުލީގެ ބާޒާރަށް ބަލާއިރު ނިސްބަތުން ވަރަށް ބޮޑުތަން ހެޔޮ އަދަދެއް.

މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަށްޓަވާފައިވާ މަޝްރޫއުތަކުގެ ދަށުން އަޅާ ފުލެޓުތަކުގެ މަހު ކުލީގެ އަގު 10،000 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ "އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ދަށުން ތަރައްގީކުރާ 1,224 ޔުނިޓުގެ އަމަލީ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވަނީ ރަސްމީކޮށް ފަށާފަ އެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުހައްމަދު ޝަރީފް ވިދާޅުވީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާ ގުޅިގެން މި މަޝްރޫއު ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ، އަތްފޯރާފަށުގެ ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް ވީހާވެސް ލުއި އަގުތަކެއްގައި ގެދޮރުވެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުގައި ޖުމްލަ 3,260 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ހުރިހާ ޔުނިޓްތަކަކީވެސް އާއިލާތަކަށް ތަނަވަސްކޮށް އުޅެވޭނެ ގޮތަށް ފަރުމާކުރެވިފައިވާ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.

ސަރުކާރުން މައުލޫމާތު ދެއްވާ ގޮތުގައި، މި މަޝްރޫއުގެ އެންމެ ބޮޑު ބޭނުމަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަތްފޯރާފަށެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. މި ފުލެޓުތަކަށް ކަނޑައަޅާފައިވާ 10،000 ރުފިޔާގެ ކުއްޔަކީ މިހާރު މާލެ ސަރަހައްދުގެ ކުލީގެ ބާޒާރަށް ބަލާއިރު ނިސްބަތުން ވަރަށް ބޮޑުތަން ހެޔޮ އަދަދެކެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ދޫކުރާ ފުލެޓުތަކަކީ ކުލި ދައްކައި ހަލާސްކުރުމުން އެ ފަރާތަކަށް މިލްކުކުރެވޭނެ "ސޯޝަލް ހައުސިން" އުސޫލުން ދޫކުރެވޭ ތަންތަނެވެ. މިއީ އަމިއްލަ ބޯހިޔާވަހިކަމެއް ބޭނުންވެފައިވާ ގިނަ ރައްޔިތުންތަކަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުންމީދެކެވެ.

މިސަރުކާރުން އިސްކަންދެއްވަނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށެވެ. މިގޮތުން، މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ސަބަބުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ އެތައް ހާސް ރައްޔިތުންނަކަށް އުފާވެރިކަން ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ބޯހިޔާވަހިކަންއެންމެނަށް ބޯހިޔާވަހިކަން ސްކީމްބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓްބީއެމްއެލްމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްމުހައްމަދު ޝަރީފު (ބީއެމްއެލް ސީއީއޯ)
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

5 ދުވަސް ކުރިން - 14:50

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ: ސްޓޭޓް މިނިސްޓަރު ނާޒިމް

"ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތަށް ފޯމު ހުށަހަޅާ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނެ!

6 ދުވަސް ކުރިން - 12:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

11 ދުވަސް ކުރިން - 08:48