Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން: ސީއީއޯ

ބީއެމްއެލްގެ ފައިދާ އިތުރު ކުރީ ވިޔަފާރި އިތުރަށް ފުޅާކޮށްގެން: ސީއީއޯ

އައިޝަތު ރުވާ ރިފްޢަތު
111 ދުވަސް ކުރިން - 25 މާޗް 2026 15:44
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު. / ފޮޓޯ: ޕީއެސްއެމް
ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު. / ފޮޓޯ: ޕީއެސްއެމް
ޚުލާސާ

ޝަރީފު ވިދާޅުވީ މިދިޔަ އަހަރު މުޅިން އަލަށް 30,000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް އަދަދު މިހާރު ހުރީ 37.2 ބިލިއަން ރުފިޔާގައި ކަމަށް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިދިޔަ އަހަރު ލިބުނު ބޮޑު ފައިދާއަކީ އިންޓަރެސްޓާއި ފީތައް ބޮޑުކޮށްގެން ހޯދި ފައިދާއެއް ނޫން ކަމަށާއި، އެއީ ބޭންކުގެ ވިޔަފާރި އިތުރަށް ފުޅާކޮށްގެން ހޯދި ކާމިޔާބީއެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.

ދައުލަތު މީޑިއާ ޮޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސީއީއޯ ވިދާޅުވީ، ބޭންކުން ފައިދާ އިތުރުކުރަނީ އިންޓަރެސްޓާއި ފީތައް އިތުރުކޮށްގެން ކަމަށް ބުނެ އަބަދުވެސް ވާހަކަ ދައްކާ ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރުގެ ނަތީޖާއިން ފެންނަން އޮތީ ބޭންކުގެ ހިދުމަތްތައް ފުޅާކޮށް، ގިނަ ބަޔަކަށް ލޯނު ދޫކޮށްގެން ހޯދި ކުރިއެރުންތަކެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

"މިދިޔަ އަހަރު އަޅުގަނޑުމެން މުޅިން އަލަށް 10 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރިން. މިއީ ބޭންކުގެ 43 އަހަރުވީ ދިގު ތާރީޚުގައި އަހަރެއްގެ ތެރޭ އެންމެ ގިނަ ލޯނު ދޫކުރި އަހަރު. އެއާ އެކީގައި އަޅުގަނޑުމެންގެ ނެޓް ލޯންސް އެންޑް އެޑްވާންސަސް 25.2 ބިލިއަން ރުފިޔާއަށް އަރާފައިވޭ. އެއީ ކުރީ އަހަރާ އަޅައިބަލާއިރު 25 ޕަސެންޓްގެ ކުރިއެރުމެއް،" ސީއީއޯ ވިދާޅުވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން، ލޯނުތައް ބެލެހެއްޓުމުގައި ވެސް ބޮޑު ކުރިއެރުމެއް ހޯދާފައިވާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ، ލޯނު ނުދައްކާ ނިސްބަތް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 1 އިންސައްތަ ދަށްކުރެވިފައިވާ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ހުންނަންޖެހޭ ރޭޝިއޯ 48.1 އިންސައްތައިގައި ހުރިއިރު، މިއީ ގާނޫނީގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ ހަތަރު ގުނަ އިތުރު އަދަދެއްކަން ފާހަގަކުރެއްވި އެވެ.

ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރު ބޮޑުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތައް ވެސް ޝަރީފު ވަނީ ހިއްސާކުރައްވާފަ އެވެ. އެގޮތުން މިދިޔަ އަހަރު މުޅިން އަލަށް 30,000 ކަސްޓަމަރުން ބީއެމްއެލްއާ ގުޅިފައިވާއިރު، ކަސްޓަމަރުންގެ ޑިޕޮސިޓް 16 އިންސައްތައިގެ އިތުރުވުމަކާއެކު މިހާރު ހުރީ 37.2 ބިލިއަން ރުފިޔާގަ އެވެ.

މާލީ ގޮތުން ބަލާއިރު، މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރެކެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ ކުރީ އަހަރާ އަޅައިބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެކެވެ.

ޝަރީފު ވިދާޅުވީ، ގައުމީ ބޭންކަކީ ހަމައެކަނި މާލީ ފައިދާ ހޯދާ ތަނެއް ނޫން ކަމަށާއި، އެއީ މުޅި ގައުމަށް ހެޔޮ ބަދަލެއް ގެނެސްދޭނެ މުއައްސަސާއެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ބީއެމްއެލް ބިނާކުރަމުންދަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި، ހުރިހާ ދިވެހިންގެ ބޭންކެއްގެ ގޮތުގައި ކަމަށް ޝަރީފު ވިދާޅުވިއެވެ.

ބީއެމްއެލްމުހައްމަދު ޝަރީފު (ބީއެމްއެލް ސީއީއޯ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ދެ އަހަރާއި ބައިގެ ތެރޭގައި ބީއެމްއެލްއިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

1 ދުވަސް ކުރިން - 16:00

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

'އެކްސެލެންސް އިން ގްރީން އެންޑް ސަސްޓެއިނަބަލް ފައިނޭންސް' އެވޯޑް ބީއެމްއެލްއަށް

13 ދުވަސް ކުރިން - 07:35

ބޭންކް އޮފް މޯލްޑިވްސްއަށް އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ލިބިއްޖެ

އެމް.އެމް.އޭގެ "އެކްސެލެންސް އިން ޑިޖިޓަލް ފައިނޭންސް އެންޑް އިނޮވޭޝަން" އެވޯޑް ބީއެމްއެލްއަށް

13 ދުވަސް ކުރިން - 07:25

ބީއެމްއެލް އެމެކްސް ކަސްޓަމަރުންނަށް ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

ފޯމިއުލާ 1 ސިންގަޕޫރު ގްރޭންޑް ޕްރީ ބަލާލުމުގެ ރަނގަޅު ފުރުސަތެއް ހުޅުވާލައިފި

13 ދުވަސް ކުރިން - 20:45

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް އިން ހުޅުވާލައިފި

ކަސްޓަމަރުންނަށް ފައިދާލިބޭ ގޮތަށް ޑޮލަރު އިންވެސްޓްކުރުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލައިފި

14 ދުވަސް ކުރިން - 22:13

އިތުރަށް އަޅާ 710 ފުލެޓާއެކު ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫއުގެ އަދަދު 3,970 އަށް އަރައިފި

16 ދުވަސް ކުރިން - 14:56