Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅާނީ "1655" އަށް!

ޓެކްސީ ލައިންގެ ހިދުމަތް ހޯދުމަށް ގުޅާނީ "1655" އަށް!

ހައްވާ މިރުފާ
120 ދުވަސް ކުރިން - 23 މާޗް 2026 16:38
އެއާޕޯޓުގެ ޓެކްސީ ކިއު----ފޮޓޯ:ޚުލާސާ
އެއާޕޯޓުގެ ޓެކްސީ ކިއު----ފޮޓޯ:ޚުލާސާ
ޚުލާސާ

އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ލައިންގެ ހިދުމަތް 24 ލިބޭނެ، ތިން މޮޑެލްއެއްގެ ކާރު ޓެކްސީ ކުރަން ބޭނުންކުރާނެ.

ސަރުކާރުން އަލަށް ފަށާ ޓެކްސީ ލައިނުގެ ހިދުމަތަށް ހާއްސަ ހޮޓްލައިން ނަންބަރެއް ތައާރަފުކޮށް، އެ ހިދުމަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިދާރާތަކުން ވަމުން އަންނަކަން ހާމަކޮށްފިއެވެ.

މި މަހުގެ ތެރޭގައި ހިދުމަތް ދޭން ފަށާ މި ޓެކްސީ ލައިނަށް ގުޅުމަށް ކަނޑައަޅާފައިވާ ނަންބަރަކީ 1655 އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި، މި ހިދުމަތް 24 ގަޑިއިރު ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި ޓެކްސީގެ ހިދުމަތަށް އެދުމަށް ހާއްސަ އެޕްލިކޭޝަނެއް ބޭނުންކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި ހިދުމަތް ފެށުމަށް މީގެ ކުރިން ތަފާތު ތާރީހުތަކެއް ކަނޑައެޅި ނަމަވެސް، އެކި ސަބަބުތަކާހުރެ ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، ޓްރާންސްޕޯޓް މިނިސްޓްރީއާއި އެމްޓީސީސީ ގުޅިގެން މިހާރު އަންނަނީ ވީހާވެސް އަވަހަށް، ފެންވަރު ރަނގަޅު ނިޒާމެއްގެ ދަށުން މި ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބާރުސްޕީޑުގައި މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement 1

ހިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން، އެމްޓީސީސީން މިހާރު ދަނީ ޖުމްލަ 407 ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި 122 ޕާޓްޓައިމް ޑްރައިވަރުން ހިމެނޭއިރު، މި މަގާމުތަކަށް މީހުން ހޮވުމަށް "ވޯކް-އިން އިންޓަވިއު" ތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި، މި ހިދުމަތް ދިނުމަށް ތިން މޮޑެލްއެއްގެ ކާރު ބޭނުންކުރާނެއެވެ. މީގެ ތެރެއިން 60 ކާރު ތައިލެންޑުން ގެނައުމަށް ހަމަޖެހިފައިވާއިރު، ބާކީ ދެ މޮޑެލްގެ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. މި އުޅަނދުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

ސަރުކާރުން މިފަދަ ޓެކްސީ ލައިނެއް ތައާރަފުކުރަން ނިންމީ، މިހާރު ހުރި ޓެކްސީތަކުގެ ހިދުމަތާ ގުޅޭގޮތުން އާންމުންގެ ޝަކުވާތައް އިތުރުވެފައިވާތީއެވެ. އޭގެ ތެރޭގައި ޑްރައިވަރުން ބޭނުން ގަޑިއެއްގައި ހިދުމަތް ދިނުމާއި، އުސޫލުތަކާ ހިލާފަށް ދަތުރުތައް ކުރުން ފަދަ މައްސަލަތައް ހިމެނެއެވެ. މި ހިދުމަތާއެކު ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް އިތުބާރު ހުރި ހިދުމަތެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ޓެކްސީޓްރާންސްޕޯޓްޓްރާންސްޕޯޓް މިނިސްޓްރީ (އުވާލެވިފައި)އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

3 ގަޑިއިރު ކުރިން - 11:30

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ބަޔަކާ ހަވާލުކުރަނީ

ހެލިކޮޕްޓަރުގެ ޚިދުމަތް ފަށަން އަންނަމަހު ހަވާލުކުރަނީ

4 ގަޑިއިރު ކުރިން - 10:13

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

4 ދުވަސް ކުރިން - 21:11

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

7 ދުވަސް ކުރިން - 10:20

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

7 ދުވަސް ކުރިން - 20:07